ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މުއާ އާއި ކައިވެނިކުރަން އައްޒަ ރަންކިޔައިފި

ރާއްޖޭގެ އެންމެ މަގުބޫލު ބަޠަލާ މަރިޔަމް އައްޒައާއި މުއާ އާއި ކައިވެނިކުރުމަށް މިއަދު ރަންކިޔައިފިއެވެ.

މުއާ އާއި އައްޒަގެ ފަރާތުން ބަހެއް ލިބިފައި ނުވިޔަސް، އައްޒަގެ ދައްތަ، އެކްޓްރެސް ރިޝްމީ މިއަދު ހަވީރު ކޮށްފައިވާ ޓްވީޓެއްގައި ބުނީ “ޕިޔާރީ ބެހެނާ (ލޯބިވާ އަންހެން ކޮއްކޮ) ގެ ބޮޑު ދުވަހަށް…..”

ރިޝްމީގެ ޓްވީޓެއް

މި ޓްވީޓްގައިވާ އިންސްޓަގްރާމް ލިންކުގައި ވަނީ ރިޝްމީ އާއި އޭނާގެ ދަރިފުޅު ޒެއްލޫ ދިވެހިވަންތަ ހެދުމުގައި ނަލަހެދިގެން ތިބޭ ފޮޓޯއެކެވެ.

ދިވެހިވަންތަ ތީމަކަށް ރަންކިޔުން ބާއްވާފައިވާއިރު، މުއާ އާއި އައްޒަ ވެސް ތިބީ ދިވެހި ހެދުމުގައެވެ.

މިއަދުގެ ރީތި ތާރީޚް (02/02/2020) ގައި މުއާ އާއި އައްޒަ ވަނީ ރަންކިޔާފައެވެ. ރަން ކިއީ 30ރުފިޔާއަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top