ހަންޏާމީދޫ ޒުވާނުންނަށް އަމާޒުކޮށްގެން އަމިއްލަ ފަރާތަކުން އެރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “އައިއެކްސް މެރިން ހަންޏާސް ފުޓްސަލް ކަޕް” މާދަމާ ފާށާނެއެވެ.
މި މުބާރާތުގައި ޖުމުލަ ހަ ޓީމް ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަތް ދާނީ ލީގު އުސޫލުންނެވެ. އެގޮތުން މުބާރާތުގެ ފައިނަަލަށް ދަތުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިޔަތްދާ މުބާރާތުގެ ޗެންޕިއަން ޓީމަކަށް 7،000 ރުފިޔާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ޓީމް ތަކަކީ، ޓީމް ޔޫ.ވީ.ޔޫ.އެޗް.ޑީ. ހަހެތި ސްޕޯރޓްސް ކުލަބް، ސްލެޔާސް، ޔުނައިޓެޑް ފަހުލަވާނު އަދި އެފް.ސީ. ބަދާޒް ބައި ހަހެތި ގެ އިތުރުން ޗެމްޕިއަން އެފް.ސީ އެވެ.
މުބާރާތް ފެށުމުގެ ގޮތުން މާދަމާ ކޮންމެ ޓީމަކުން ވެސް އެއް މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ބައްދަލު ކުރާނީ ހަހެތި ސްޕޯޓްސް ކުލަބާއި ޗެންޕިއަން އެފް.ސީ، އަދި ދެވަނަ މެޗުގައި ޔުނައިޓެޑް ފަހުލަވާނާއި ދެކޮޅަށް ނިކުންނާނީ ސްލެޔާސް، ތިން ވަނަ މެޗުގައި ބައްދަލުކުރާނީ ޔޫ.ވީ.ޔޫ.އެޗް.ޑީ އަދި އެފް.ސީ ބަދާޒް އެވެ.
މި މުބާރާތުގެ ފައިލަން މެޗު ޕީ.އެސް.އެމް މެދުވެރިކޮށް ލައިވް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މުބާރާރުގެ އެންމެ ފުރިހަމަ ޚަބަރުތަކާއި މައުލޫމާތުތަށް މުނިއަވަސް އިން ގެނެސްދެވެމުން ދާނެ ކަން ފާހަގަކޮށްލަމެވެ.
