މެލޭޝިޔާގައި ކޮރޯނާ ވައިރަސް ޖެހުނު ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ފަރުވާދީ ރަނގަޅުކޮށްފި ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މެލޭޝިޔާގައި ޗުއްޓީ ހޭދަކޮށްލަމުން ދިޔަ ޗައިނާ އަށް ނިސްބަތްވާ މި ކުޑަކުއްޖާ އަކީ މެލޭޝިޔާގައި ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ދިހަ މީހުންގެ ތެރެއިން އެކަކު ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މިއީ ކާމިޔާބުކަމާއިއެކު، ފަރުވާދީ ރަނގަޅު ކުރެވުނު ފުރަތަަމަ ބަލިމީހާ ކަމަށް ވެސް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުންޏެވެ. ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވުމުން މި ކުޑަކުއްޖާ އެކަހެރިކޮށް ފަރުވާދޭން ފަށާފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 29 ވަނަ ދުވަހުގައެވެ.

ކޮރޯނާ ވައިރަސް ޖެހުނު ކުޑަ އަންހެން ކުއްޖާ (ކ) އާއިލާ އާއި އެކު / ފޮޓޯ: ފޭސްބުކް
“މިކަމުން އަންގައިދެނީ ކޮރޯނާ ވައިރަސްއަށް ފަރުވާދީ އެއްކޮށް ރަނގަޅު ކުރެވޭނެ ކަން.” ކޮރޯނާ ވައިރަސް ޖެހުނު މި ކުއްޖާ އަށް ފަރުވާދީ ކާމިޔާބުކަމާއިއެކު ރަނގަޅުކުރެވުމުން މެލޭޝިޔާގެ ހެލްތު ޑިރެކްޓަރ ޖެނެރަލް ދާތުކް ޑރ. ނޫރު ހިޝާމް އަބްދުﷲ ބުންޏެވެ.
މެލޭޝިޔާއިން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވި އަނެއް ނުވަ މީހުންނަކީ ވެސް އެ ގައުމުގައި ޗުއްޓީ ހޭދަކޮށްލުމަށް ގޮސް އުޅުނު ޗައިނާ މީހުންކަމަށް ޚަބަރުތައް ބުނެއެވެ.
