ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސުނިލް ޝެޓީ ރާއްޖޭގައި

ބޮލީވުޑްގެ ކުޅަދާނަ އެކްޓަރ ސުނިލް ޝެޓީ ރާއްޖެއައިސްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސުނިލް ޝެޓީ ރާއްޖެއައިސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރަކަށް ވެސް އައްޔަންކޮށްފައިވާ ސުނިލް ޝެޓީ ރާއްޖެ އައީ ބޮލީވުޑްގެ ތަރިއެއްގެ ޕާޓީއަކަށް ކަމަށާއި މިޕާޓީއަށް އިތުރު ތަރިންވެސް ރާއްޖެއައުމަށް ވަނީ ހަމަޖެހިފަކަމަށް މައުލޫމާތު ލިބެއެވެ. އަދި މިވަގުތު އޭނާ ހުރީ ހާޑް ރޮކް މޯލްޑިވްސް ރިޒޯޓްގައި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ދުޅަހެޔޮ ހަށިހެޔޮ ސިޔާސަތުގެ ދަށުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ‘މިޝަން ފިޓް މޯލްޑިވްސް’ ގައި ‘އެމްބަސަޑަރ އޮފް ވެލްނެސް’ ގެ މަގާމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ފިޓްނެސް ގުރޫ ސުނިލް ޝެޓީ ހަމަޖެއްސީ 2019ވަނަ އަހަރު އޮކްޓޫބަރު މަހުއެވެ.

ބަތޮލާ އަތިޔާ ޝެޓީގެ ބައްޕަ އެކްޓަރ ސުނިލް ޝެޓީވަނީ ކާމިޔާބު ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. މިގޮތުން ފިލްމް “ދަޅްކަން” އަކީ ފާހަގަކޮށްލެވޭ ފިލްމެކެވެ. 

ސުނިލް ޝެޓީއާއި އޭނާގެ އާއިލާވެސް ދޭތެރެ ދޭތެރެއިން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނަކަން ފާހަގަކުރެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top