ހިޖްރައިން 1436ވަނަ އަހަރުގެ އަޟްޙާ ޢީދު ކުޅިވަރުތަކުގެ ތެރެއިން ލ. ފޮނަދޫ ބަރާސިލް އަވަށުގައި އެއްމެ ފާހަގަ ކޮށްލެވުނު އެއް ކަމަކީ ބަރާސިލް ޒުވާނުންގެ ލަނގިރި އެވެ. ކުރީގެ އަހަރުތަކާއި ޚިލާފަށް 1436 ވަނަ އަހަރުގެ ލަނގިރި ތަފާތުވެގެން ދިޔައީ މީގެ ކުރިން ބަރާސިލް ލަނގިރިން ފެނިފައި ނުވާ ބަނޑިތަކާއި ސްޓެޕްތަކެއް އެކުލެވޭ ދެ ކުޅިއެއް ހިމެނިފައި ވުމެވެ. މިގޮތުން އޭރުވެސް އަދި މިހާރުވެސް ރާާއްޖޭގެ މޫސީޤީ މައިދާނުގައި އެއްމެ މަޤުބޫލު ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވައެއް ކަމަށްވާ ‘ފުން އަސަރު ކުރި ފުން އަސަރު’ މި ލަވަޔަށް މިދިޔަ ހިޖްރައިން 1436ވަނަ އަހަރު އައު ކުޅިއެއް ކުޅެފައި ވެއެވެ.
އެހަނދާނުގައި ޝޯވް އިން މި ޒަމާާނުގެ ޒުވާނުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ‘ދިސް އިޒް ފުން އަސަރު – ފީލް އިޓް އިން ރެޓްރޯ ސްޓައިލް’ އަށް ބަރާސިލް ޒުވާނުން ގެނެސްދިނީ ތަފާތު ކުލައެކެވެ. އަޅުގަނޑު އެއަށް ކިޔުމަށް އެއްމެ ކަމުދާ ނަމެއް ކަމަށް ނިންމީ ‘ދިސް އިޒް ފުން އަސަރު – ފީލް އިޓް އިން ލަނގިރި ސްޓައިލް – ލަނގިރި ސްޓައިލްގަ ފުން އަސަރު ކުރި ފުން އަސަރު’ އެވެ.
ރިކާޒް ސްޓޫޑިއޯ ޔޫޓިއުބް ޗެނަލް އިން މި ތިލަކޮށްލަނީ މި ދެންނެވި ލަވައެވެ. ބަރާސިލް ޒުވާާނުންގެ ލަނގިރިން މީގެ ކުރިން ފެނިފައި ނުވާާފަދަ ބޮޑު ކުރިއެރުމެއް މި ލަވައިން ފެނިގެންދެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!