ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ޗޮކްލެޓް ޗިއާ ޕުޑިންގް މޫސް – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 5 މިނެޓު
⏱️ ފިނިކުރަން ބަހައްޓާ ވަގުތު: 4 ގަޑިއިރު
⏱️ ޖުމްލަ ހޭދަވާ ވަގުތު: 4 ގަޑިއިރާއި 5 މިނެޓު
🍽️ ތައްޔާރުކުރެވޭ މިންވަރު: 4 މީހުންނަށް

🛒 ބޭނުންވާ ތަކެތި:

● 2 ޖޯޑު ޑެއިރީ-ފްރީ ކިރު
● ½ ޖޯޑު ޗިއާ ސީޑްސް
● ¼ ޖޯޑު ކޮކޯ ޕައުޑަރު
● ¼ ޖޯޑު މޭޕަލް ސިރަޕް
● 2 ސައިސަމުސާ ވެނީލާ އެސެންސް

މައްޗަށް އެޅުމަށް:

● ކޮކޮނަޓް ވިޕްޑް ކްރީމް
● ޗޮކްލެޓް (ކޮށާފައި)
● ތަފާތު ވައްތަރު ބަދަން (މުގުރާފައި)
● ސްޓްރޯބެރީ (ނުވަތަ އެހެން މޭވާއެއް)

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – ބޭނުންވާ ހުރިހާ ބާވަތްތަކެއް މިކްސަރަށް އަޅައިގެން ޕުޑިންގް ރަނގަޅަށް އޮމާންވަންދެން، ގާތްގަނޑަކަށް މިނެޓެއްހާއިރު ގިރާލާށެވެ.

2 – ތައްޔާރުކުރި ޕުޑިންގް ބޯތަށްޓަކަށް ބަދަލުކުރުމަށްފަހު، މަތިޖަހައި މަދުވެގެން 4 ގަޑިއިރު ފިނިކުރަން ބަހައްޓާށެވެ.

3 – ސާވް ކުރާއިރު ކޮކޮނަޓް ވިޕްޑް ކްރީމް، ޗޮކްލެޓް، ބަދަން އަދި ސްޓްރޯބެރީ މައްޗަށް އަޅާލާށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top