މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަހްމަދު އިބްރާހިމް (އައްމަޑޭ) އާއި އޭނާގެ ލޯބިވެރިޔާ ތަހިއްޔާ ޝަރީފް (ތަހީ)، ފެބްރުއަރީ 05ވަނަ ދުވަހުގެރޭ ކައިވެނިކޮށްފި އެވެ.
އައްމަޑޭ ކައިވެނި ކުރިކަން އެނގުނީ އޭނާގެ ފޭސްބުކްގެ މެރިޓަލް ސްޓޭޓަސްގައި ވެސް ވަނީ އަދާހަމަކޮށްފައެވެ.
އައްމަޑޭ އާއި ތަހީ ރައްޓެހިވީ މިދިޔަ އަހަރު ފޭސްބުކުން ދިމާވެގެން ކަމަށް މަޢުލޫމާތު ލިބެއެވެ.
އެނގިފައިވާގޮތުން މިއީ އައްމަޑޭގެ ދެ ވަނަ ކައިވެންޏެވެ. އޭނާގެ ފުރަތަމަ ކައިވެންޏަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ލިބިފައިވެއެވެ.
އައްމަޑޭ އާއި ތަހީއަށް ބާއްޖަވެރި، އުފާވެރި ކައިވެންޏަކަށް އެދެމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




