ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަމްސް އެންޖޯއީ އިން އެންރިޗް އިންގްލިޝް ވޯރކްޝޮޕެއް!

ދިވެހި މަންމައިންގެ އިޖުތިމާއީ ވިއުގަ “މަމްސް އެންޖީއޯ”ގެ ފަރާތުން އިންތިޒާމުކޮށްގެން މައިންގެ އިނގިރޭސިބަސް މުއްސަނދިކުރުމަށް “އެންރިޗް އިންގްލިޝްގެ ނަމުގައި ވޯކްޝޮޕެއް ބާއްވަން ނިންމައިފިއެވެ.

މަމްސް އެންޖީއޯ އިން ބުނީ މިއީ 03ގަޑިއިރުގެ ވޯކްޝޮޕެއް ކަމަށާއި އެއްވެސް ފީއަކާއި ނުލައި ބައިވެރިވެވޭނެ ވޯކްޝޮޕެއް ކަމަށެވެ. މި ވޯކްޝޮޕަކީ މަމްސް އެންޖީއޯ އާއި ‘އެންރިޗް އިންގްލިޝް’ގެ ހަމްދޫނާ ޢަލީ އާއި ގުޅިގެން ބާއްވާ ވޯކްޝޮޕެކެވެ. މިއީ ކީ ސްޓޭޖް އެކެއްގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ބާއްވާ ވޯކްޝޮޕެކެވެ.

29 ފެބްރުއަރީ 2020 ވާ ހޮނިހިރު ދުވަހު 14:00 އިން 17:00 އަށް ހިންގާ މި ވޯކްޝޮޕް އޮންނާނީ މާލޭ ސޯޝަލް ސެންޓަރުގެ ސެމިނަރ ހޯލުގައެވެ.

މަމްސް އެންޖީއޯ އިން ބުނީ ފަސޭހަ މެތަޑްތަކެއް ބޭނުންކޮށްގެން ގޭގައި ދަރިވަރުންނަށް ކިޔަވައިދޭނެ ގޮތްތައް މި ވޯކްޝޮޕްގެ ބައިވެރިންނަށް ދަސްކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން ދަރިވަރުން އަމިއްލަ ނަފުސަށް ކުރާ އިތުބާރު އިތުރުކޮށް، ލިޔުންތެރިކަމުގައި އެކުދިންގެ ޚިޔާލުތައް ބޭނުންކުރާނެ ގޮތްތައް އޮޅުންފިލުވައިދޭނެ ކަމަށްވެސް މަމްސް އެންޖީއޯ އިން ބުނެއެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ރެޖިސްޓްރީ ވުމަށް 9914433 އަދި 9870700 ނަންބަރަށް ގުޅުމަށް މަމްސް އެންޖީއޯ އިން އެދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Drama queen6 އަހަރު ކުރިން

Hamdhoo 🥰 good luck

ޑޭޑް6 އަހަރު ކުރިން

މަމްސް އެންޖޯއީ އޯ ލޮލް

Home
Menu
Search
Back to top