ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައްޒަގެ ޝޯއެއް މިރޭ ލ. ގަމުގައި

ޔާރާ ސިސްޓަރޒްގެ ހުނަރުވެރި ނެށުންތެރިޔާ އަދި ދިވެހި ސިނަމާގައި އެންމެ މަޤްބޫލު އަންހެން ތަރި، މަރިޔަމް އައްޒަ މިއަދު ލާމަށް ހިނގައްޖެއެވެ. އައްޒަ ލާމަށް ދިޔައީ މިރޭ ލ. ގަމު ތުނޑީ އަލަށް އާބާދުވާ ސަރަހައްދުގައި ޚާއްޞަ ޝޯއެއް ދިނުމަށެވެ.

މިއަދު މެންދުރުފަހު ލާމަށް އައްޒަ ދިޔައީ ލ. އަތޮޅުގައި މިހާރު ޝޫޓްކުރަމުން އަންނަ ފިލްމު ”ނީނާ”ގެ ލަވައެއް ނެގުމަށް ބާއްވާ ޚާއްޞަ ޝޯއަކަށެވެ. މި ޝޯގައި އައްޒަގެ ވަރުގަދަ ޑާންސްތަކެއް ފެނިގެންދާނެއެވެ.

އައްޒަގެ މި ޚާއްޞަ ޝޯ އޮންނާނީ މިރޭ (12 ފެބްރުއަރީ 2020) 08:00ގައި ތުނޑީ އާބާދު ސްޓޭޖްގައެވެ.

ކާމިޔާބު ފިލްމު ”ބަވަތި“ އުފެއްދި ’އައި ފިލްމްސް‘ އިން ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ބުނީ ފިލްމު ”ނީނާ“ ގައި އައްޒަ ފެނިގެންދާ ޚާއްޞަ ލަވަ ޝޫޓްކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު ލ. ގަން-ފޮނަދޫ އަދި އަތޮޅުގައި ތިބި އައްޒަގެ ފޭނުންނަށާ ’އައި ފިލްމްސް’ގެ ފޭނުންނަށް އާއްމުކޮށް ހުޅުވާލާ ކަމަށެވެ.

އައްޒަ ކައްދޫ އެއަރޕޯޓްގައި

ތުނޑީ އާބަދު ސަރަހައްދު ސްޓޭޖްގައި ބާއްވާ މި ޝޯ ބަލައިލަން ވީހާ ގިނަ ފަރާތްތަކަކުން ދިއުމަށް ގަމުގައި ތިބި ”ނީނާ“ ފިލްމު ކްރޫ އާއި އައްޒަ އެދެއެވެ.

ފިލްމު ”ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސްއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Abdhulla6 އަހަރު ކުރިން

Bai rufiyaa group raahjjethera veema free kohllanee

މޯޑް6 އަހަރު ކުރިން

ކަންބުލޯ އޮޓޯގްރާފެއް

ސިޔާ6 އަހަރު ކުރިން

އޫހްލާލާ. އައްޒަ ދަ ގޯޖަސް ކްއީން

އައިޓަމް ބޮމް6 އަހަރު ކުރިން

ތިޔަ ސޯ އަށް ދާން މަމެން މިބރެޑީ ވަނޚ

Home
Menu
Search
Back to top