ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލ. ގަން އަދި ފޮނަދޫގައި ކޭބަލް ނާޅާހުރި ގެތަކަށް ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދަނީ

ލ. ގަން އަދި ފޮނަދޫ ދިރާގު ކަސްޓަމަރުންގެ ގެތަކަށް އަޅަންޖެހޭ ފައިބަރ ކޭބަލް އެޅުމަށާއި އިންޓާރނަލް ވައިރިން މަސައްކަތް ކޮންޓްރެކްޓް އުސޫލުން 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް ކޮށްދެވޭނެ ފަރާތެއް ހޯދަން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. 

މި މަސައްކަތްތަކަށް ކުރިމަތިލައްވަން  ބޭނުންފުޅުވާ ފަރާތްތަކުން 18 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ދިރާގު އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓްގެ ފޯން 3315259 އާގުޅުއްވައި ނަންނޯޓް ކުރެއްވުމަށްފަހު، އެދުވަހުގެ 14:00 އަށް ލ. ގަން ދިރާގު އޮޕަރޭޝަން ސެންޓަރ ނުވަތަ މާލެ ދިރާގު ހެޑު އޮފީހުގެ 3ވަނަ ފަންގިފިލާ މީޓިންގ ރޫމަށް މަޢުލޫމާތު ސާފުކުރަން ވަޑައިގަތުމަށް އެ އިއުލާނުގައިވެއެވެ.

ޕްރޮޕޯސަލް ހުށަހެޅުއްވުން  އޮންނާނީ 24 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ 14:00 ގައި ދެންނެވިފައިވާ ދިރާގު މީޓިންގ ރޫމްތަކުގައި ކަމަށާއި އަދި ބީލަން ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ބީލަމުގެ ނަމާއި ނަންބަރާއި، ހުށަހަޅަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ހުށަހަޅާ ފަރާތުގެ ނަން ސިޓީ އުރައިގެ ބޭރުގައި ޖައްސަވާފައެވެ. 

މާލެ އެކޭ އެއްގޮތަށް ކަނޑައެޅިފައިވާ ތާރީޚާއި ގަޑިތަކުގައި ލ. ގަން ދިރާގު އޮޕަރޭޝަން ސެންޓަރުގައިވެސް ބީލަމާބެހޭ ހުރިހާ ކަމެއް ކުރިއަށް ދާނެކަމަށާއި އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް  3311620 ނަމްބަރު ފޯނާއި ގުޅުއްވުމަށް އެ އިއުލާނުގައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top