އިންތިޚާބު ތަކާއި ގުޅިގެން ހިންގަމުންދާ ކޮރަޕްޝަނުގެ ޢަމަލުތައް މަދުކުރުމަށް އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ލޯކަލް ޓީވީ ޗެނަލްތަކާއި މީސްމީޑިއާގައި ބޭނުންކުރުމަށްޓަކައި ވީޑިއޯ ސްޕޮޓްތަކެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އެންޓިކޮރަޕްޝަން ކޮމިޝަނުން އިޢުލާނުކޮށްފި އެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އެ ކޮމިޝަނަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން އެދިލައްވައެވެ.
މިބިޑާ ގުޅޭ މަޢުލޫމާތު ޝީޓާއި ޓީއޯއާރް ކޮމިޝަނުގެ ވެބްސައިޓަށް އަޕްލޯޑްކޮށްފައި ވާކަންވެސް ކޮމިޝަންގެ އިއުލާނުގައި ބުނެފައި ވެެެއެވެ.
ކިޔުންތެރިންގެ ޚިޔާލު
