ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބަންޓީ އޯރް ބަބްލީ 2 ޖޫން 26 ގައި

ޔަޝް ރާޖް ފިލްމްސް އިން 2005 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު ބަންޓީ އޯރް ބަބްލީގެ ދެވަނަ ބައި “ބަންޓީ އޯރް ބަބްލީ 2” މިއަހަރު ޖޫން 26 ގައި ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.

ސައިފް އަލީ ޚާން، ރާނީ މުކަރްޖީ، ސިއްދާންތު ޗަތުރްވެދީ އަދި އަލަށް ތައާރަފުކުރާ ޝަރްވަރީ ހަރަކާތްތެރިވާ މި ފިލްމަކީ ކޮމެޑީއެކެވެ. ކުރީގެ ފިލްމާއި ޚިލާފަށް މި ފިލްމުގައި އަބީޝެކް ބައްޗަންގެ ރޯލު ކުޅެފައިވަނީ ސައިފްއެވެ. މިއީ ރާނީއާއި ސައިފް 11 އަހަރަށްފަހު އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.

އަދިތުޔާ ޗޯޕްރާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ވަރުން ވީ ޝަރްމާއެވެ. ލަވަތަކުގެ މިއުޒިކް ތައްޔާރުކޮށްދީފައިވަނީ ޝަންކަރް-އެހްސާން-ލޯއީ އެވެ.

މިއީ “މަރްދާނީ 2″ގެ ބޮޑު ކާމިޔާބަށްފަހު ޔަޝް ރާޖް ފިލްމްސް އިން ނެރޭ ފުރަތަމަ ފިލްމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top