ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އައްޒަ އާއި މުއާ ކައިވެނިކޮށްފި – މަރުޙަބާ!

މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަ އާއި ފިލްމީތަރި އަދި ޑައިރެކްޓަރ އަބްދުﷲ މުއާޒް (މުއާ) މިއަދު ކައިވެނިކޮށްފަ އެވެ.

ރާއްޖޭގައި ރެކޯޑް އަދަދަކަށް ކައިވެނިކުރި މިއަދުގެ ރީތި ތާރީޚްގައި އައްޒަ އާއި މުއާ ކައިވެނިކުރި އިރު، މިއީ އެ ދެ މީހުންގެ ދެވަނަ ކައިވެންޏެވެ.
މި ދެ ތަރިންގެ ކުރީގެ ކައިވެނިތަކަށް ދަރިން ވެސް ލިބިފައިވެ އެވެ. އައްޒަ އާއި އެކްޓަރު އިސްމާއީލް ޖުމައިހް (ޖުމާ) އަށް ލިބިފައި ވަނީ ފިރިހެން ދަރިއެކެވެ.

މުއާ އާއި ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝާޔަން ޝާހިދަށް ލިބިފައިވަނީ އަންހެން ދަރިއެކެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރު ފަހުން މި ދެ ތަރިންގެ ކައިވެންޏަށް ރަން ކިއީ ފާހަގަކޮށްލެވޭ ހަފުލާއެއްގައި މިމަހު ދެވަނަ ދުވަހުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top