ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ހަނާ” ގެ ޕްރިމިއާ ޓިކެޓް، ބައިސްކޯފު ބޭނުންކުރާ 200 ފަރާތަކަށް!

މިމަހު 27 ގައި ދައްކަން ފަށާ ވެބް ސީރީޒް “ހަނާ“ގެ ރެޑް ކާޕެޓް ޕްރިމިއާ އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު، ބައިސްކޯފު އެޕް ބޭނުންކުރާ 200 ފަރާތަކަށް ހުޅުވާލައިފިއެވެ.

ބައިސްކޯފުން ރޭ އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ބުނީ، ބައިސްކޯފު އެޕްގައި ބޭނުންކުރާ އީ-މެއިލް އައިޑީ، ބައިސްކޯފުގެ ވައިބަރ ނަންބަރަށް ފޮނުވާ ފުރަތަމަ 200 ފަރާތަކަށް ޕްރިމިއާ އިވެންޓްގެ ޓިކެޓް ލިބޭނެ ކަމަށެވެ.

އޮލިމްޕަހުގައި ބާއްވާ ޕްރިމިއާ އިވެންޓް އޮންނާނީ ފެބްރުއަރީ 27 ވަނަ ދުވަހުގެ ރޭ 20:30 ގައެވެ. “ހަނާ“ގެ ރެޑްކާޕެޓް ޕްރިމިއާ އިވެންޓްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ވައިބަރކޮށްލަން ދީފައިވާ ނަންބަރަކީ 7983963 އެވެ.

https://www.facebook.com/1750964688277651/posts/3644204945620273/?vh=e&d=n

ކިޑް ޕްރޮޑަކްޝަން އިން އުފައްދާފައިވާ “ހަނާ” އަކީ އަމްޖަދު އިބްރާހިމް (އަމްޖޭ) ޑައިރެކްޓްކޮށްފައިވާ އަސަރުގަދަ ލޯބީގެ ޑްރާމާއެކެވެ.

ހަނާ“ގެ ލީޑް ކުޅެނީ ނުވަ ވަނަ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރުގެ ރޯލާއި ސްޕެޝަލް ޖޫރީ ޕްރައިޒް، އައުޓްސްޓޭންޑިންގ އޯލްރައުންޑް ޕާރފޯމަރގެ އެވޯޑް ހޯދާފައިވާ އަލީ އާޒިމް (ދޮން އައްޔަ)ގެ އިތުރުން ’ޖާދޫގައި ޖެހިއްޖޭ‘ ލަވައިން މަޝްހޫރުވި ނޫރާ އެވެ. މީގެ އިތުރުން އިބްރާހިމް ޖިހާދު (ޖިމީ)، ޝަމީލް، ޤަމަރިއްޔާ ޤާސިމް، ފާތުމަތު ލަޠީފް، ގުލިސްތާނު އަދި ނިޝާ (ނިޝްކޮ) އެވެ.

ހަމައެކަނި ބައިސްކޯފުން ދައްކާ މި ސީރީޒްގައި ހިމެނެނީ 13 އެޕިސޯޑެވެ. މި ވެބް ސީރީޒްގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އެވެ. ކޯ-ސްޕޮންސަރަކީ މޮޑަރން އިންޓީރިއާ އެވެ.

ވެބް ސީރީޒް “ހަނާ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top