ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޝޯ “ކުލްފީ ކުމާރް ބާޖޭވާލާ”ގައި ލަވްލީން ސިކަންދަރް ސިންހ ގިލްގެ ކެރެޓަރ އަދާކުރި އަންޖަލީ އާނަންދު ޑިނޭޝް ވެސް މިވަގުތު ފަސްތަރި ރިސޯޓް ހައިޑްއަވޭގައި ޗުއްޓީހޭދަކުރަމުން އެބަގެންދެއެވެ. ދިވެހި ފިލްމީ ތަރިންކަމަށްވާ އައްޒަ އާއި މުއާ ވެސް އެމީހުންގެ ހަނީމޫން ހެދުމަށް މިވަގުތު ތިބީ އެ ރިސޯޓްގައެވެ.
“ކުލްފީ ކުމާރް ބާޖޭވާލާ”ގައި ލަވްލީން (އަންޖަލީ އާނަންދު ޑިނޭޝް) ކުލްފީގެ އަސްލު މަންމަ، ނިމްރަތު މަރާލި މައްސަލައާ ގުޅިގެން އަށް އަހަރުގެ ޖަލު ހުމެއްގައި ހުރުމުން އޭނާގެ އެކްޓިން އެހާބޮޑަށް ނުދެއްކި ދުވަސްކޮޅެއްވެސް ސީރީޒްގައި ދިޔައެވެ.
އަންޖަލީ އާނަންދު ޑިނޭޝް އާއެކު މުއާ އާއި އައްޒަ ނަގާފައިވާ ސެލްފީއެއް ވެސް އެ ދެ ތަރިން މިއަދު ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ. މިމަހު 20ގައި ކައިވެނިކުރި ފިލްމީ ޖޯޑް ހަނީމޫނަށް ހައިޑްއަވޭ އަށް ދިޔައީ އިއްޔެގެ ވަގުތެއްގައެވެ. އަންޖަލީ އެ ރިސޯޓަށް ދިޔަ ދުވަހެއް ސާފުވާގޮތްވަނީ ނުވެފައެވެ.

ލަވްލީން (އަންޖަލީ އާނަންދު ޑިނޭޝް) ކުލްފީގައި
19 މާރިޗް 2018 ވަނަ އަހަރު ދައްކަން ފެށި “ކުލްފީ ކުމާރް ބާޖޭވާލާ” އަކީ ދިވެހިންގެ މެދުގައި ވެސް މަގްބޫލު ޑްރާމާއެކެވެ. އެޑްރާމާ ސީރީޒް އަކީ ލަވަކިޔުމުގެ ހުނަރު ލިބިފައިވާ ކުއްޖަކު އޭނާގެ ބައްޕަ ހޯދުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ސީރީޒެކެވެ. މި ސީރީޒްގެ އެންމެ ފަހު އެޕިސޯޑް ދެއްކީ07 ޖެނުއަރީ 2020 ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!