ސަރުކާރުގެ އެކި އޮފީސްތަކާއި، އެހެން މުއައްސަސާތަކުގެ އިޢުލާނުތަކާއި، ދެންނެވުންތަކާއި، އެންގެވުންތައް ހިމަނުއްވައިގެން 01 މާރިޗް 2103 އިން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޮންލައިންކޮށް ނެރުއްވަމުން ގެންދަވާ ދިވެހި ސަރުކާރުގެ ގެޒެޓްގެ ‘ޓެލެގްރާމް ޗެނަލް’ އެއް ގާއިމުކޮށްފިއެވެ.
‘ގެޒެޓް އެމްވީ‘ގެ ނަމުގައި ހަދާފައިވާ ޓެލެގްރާމް ޗެނަލްގައި ބައިވެރިވުމުން ވަގުތުން ވަގުތަށް ގެޒެޓްގައި ޝާއިޢުކުރައްވަމުން ގެންދަވާ ލިޔެކިޔުންތައް ފަސޭހަކަމާއެކު ބަލައިލުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މި https://t.me/gazettemv ލިންކަށް ފިއްތާލެއްވުމުން ‘ގެޒެޓް އެމްވީ‘ ޗެނަލްގައި ބައިވެރިވެވޭނެކަަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
01 މާރިޗް 2013ގެ ކުރިން ކަރުދާހުގައި ޗާޕްކުރަމުން ގެންދިޔަ ސަރުކާރުގެ ގެޒެޓް އޮންލައިންކޮށް ވަކި ވެބްސައިޓެއްގެ ތެރެއިން ނެރުއްވަން ފެއްޓެވީ ސަރުކާރުގެ ޚަރަދުތައް ވީހާވެސް ބޮޑަކަށް ކުޑަކުރެއްވުމަށް ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާތީ، އެ ފިޔަވަޅުތަކުގެ ދަށުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 13 މެއި 2025ޚަބަރު“ސޮރީ” ގެ ޓިކެޓް އޮލިމްޕަހުން ވިއްކަން ފަށައިފި
- 13 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ގެ ބޮޑު ޝޯގައި ބެޓްލް އޮފް ބޭންޑްސްގެ ހޯސްޓް އަދި ޖަޖުންވެސް
- 11 މެއި 2025ޚަބަރުކްރިއޭޓިވް ނެޓްވޯރކްގެ އަލަތު ފީޗާ ފިލްމުގެ ކުޑަ މިންވަރެއް ދައްކާލައިފި!
- 9 މެއި 2025ޚަބަރު“ޓޫ އޮފް އަސް” ގެ ޚާއްޞަ ޝޯއެއް އޮލިމްޕަހުގައި