’ކިޑް ޕްރޮޑަކްޝަން’ގެ ފުރަތަމަ ވެބް ސީރީޒް ”ހަނާ“ ބައިސްކޯފުން ޕްރިމިއާކޮށްފިއެވެ.
އޮލިމްޕަހުގައި ރޭ ބޭއްވި ރެޑްކާޕެޓް އިވެންޓެއްގައި ”ހަނާ“ ޕްރިމިއާކުރީ ބައިސްކޯފުގެ ޝަރަފުވެރި 200 ފޭނުންނާއި މީޑިއާތަކާއި ދައުވަތު ދެވުނު ޚާއްޞަ ފަރާތްތަކަށް ސީރީޒްގެ ފުރަތަމަ ދެ އެޕިސޯޑް ދައްކައިލަމުންނެވެ.
ހުސައިން މުނައްވަރު ޕްރޮޑިއުސްކޮށް ކާމިޔާބު ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓުކުރި ވެބް ސީރީޒް ”ހަނާ“ ޕްރިމިއާކޮށްދެއްވީ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފެވެ.
ލޯތްބާއި ހިތާމައިގެ ފުން އަސަރުތަކުން ފުރިފައިވާ ”ހަނާ”ގެ ފުރަތަމަ ދެ އެޕިސޯޑް މިހާރު ބައިސްކޯފުން ބަލައިލެވޭނެއެވެ.
’ކިޑް ޕްރޮޑަކްޝަން’ގެ ދެވަނަ ވެބް ސީރީޒްވެސް ރޭގައި ލޯންޗުކުރެވުނެވެ. އަލަށް ނެރޭ ވެބް ސީރީޒަކީ ”މާފުކުރޭ“ ގެ ނަމުގައި އުފައްދާ ސީރީޒެކެވެ.
ވެބް ސީރީޒް ”ހަނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




