ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
އަމިއްލަ ނަފްސާ ދައްކާ ވާހަކައިގެ މުހިންމުކަން 
ބޮޑީ ސީކްރެޓްސް - އެފްބީ

ހާސްކަމާއި ނުތަނަވަސްކަމުގެ ވަގުތުތަކުގައި އަޅުގަނޑުމެންގެ ހިތަށް އަރާ ފައިބާ ޝުއޫރުތަކާއި އަމިއްލަ ނަފްސާ ދައްކާ ވާހަކަތަކަކީ، ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ނުހަނު ބޮޑު ދައުރެއް އަދާކުރާ ކަމެކެވެ. “މިކަމެއް އަހަންނަކަށް ނުވާނެ” ބުނުމުގެ ބަދަލުގައި، “މިކަން ހައްލުކުރަން އަހަރެން މަސައްކަތް ކުރާނަން” ފަދަ ހިތްވަރުދޭ ބަސްތަކަކީ ނަފްސާނީ ދުޅަހެޔޮކަމަށް ހީނުކުރާ ފަދަ ބޮޑު ބަދަލެއް ގެނުވާފާނެ ކަންކަމެވެ.

2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު “ޖާނަލް އޮފް ޕާސަނަލިޓީ އެންޑް ސޯޝަލް ފިސިކޮލޮޖީ” ގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ހާސްވާ ވަގުތުތަކުގައި އަމިއްލަ ނަމުން މުޚާތަބުކުރުން ނުވަތަ ދެވަނަ މީހެއްގެ ނަޒަރުން ވާހަކަދެއްކުމަކީ (މިސާލަކަށް: “އަހަރެން” ބަދަލުގައި “ކަލޭ” ބޭނުންކުރުން)، ނަފްސާނީ ގޮތުން ކަންކަމާ ދުރުވެ، މާ ސާފުކޮށް ވިސްނުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

މިސާލަކަށް، “އަހަރެން ފޭލްވާނެ” ކަމަށް ބުނުމުގެ ބަދަލުގައި، “މިކަން ތިމާގެ ހިތްވަރާއެކު ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް ގެންދެވިދާނެ” ކަމަށް ބުނުމުން، ނޭދެވޭ ވިސްނުންތަކުން ދުރުވުމަށް އެހީތެރިވެދެއެވެ. އަދި އެކުވެރިއަކަށް ހިތްވަރުދޭ ފަދައިން އަމިއްލަ ނަފްސަށް ހިތްވަރު ދިނުމަކީ، ކުރެވޭ ކުށްތަކާއި ދިމާވާ މާޔޫސްކަމުން އަރައިގަތުމަށް ލިބޭ ބޮޑު ބާރެކެވެ.

މީގެ އިތުރުން 2017 ވަނަ އަހަރު ހަދާފައިވާ ބައެއް ދިރާސާތަކުން ދައްކާގޮތުގައި، މިފަދަ ގޮތަކަށް އަމިއްލަ ނަފްސާ ވާހަކަދެއްކުމަކީ އިޙުސާސްތައް ކޮންޓްރޯލްކުރުމަށް އެހީތެރިވެދޭ ކަމެކެވެ. މިއީ ދިރިއުޅުމުގެ އުނދަގޫ ތަޖުރިބާތަކަށް އިޖާބަދޭ ގޮތް ބަދަލުކުރުމަށް ލިބޭ ފުރުސަތެކެވެ. ނަމަވެސް މިކަމުގެ ނަތީޖާ މީހާގެ މިޒާޖަށާއި ހާލަތަށް ބަލައި ތަފާތުވުން އެކަށީގެންވެއެވެ.

މިވެސް ކިޔާލަން:  އަމިއްލަ ނަފުސާ ދައްކާ ވާހަކައިން ވިސްނުމާއި ދިރިއުޅުމުގެ ހަޤީޤަތް ބަދަލުކޮށްލާ ގޮތް

މި ކޮންސެޕްޓަކީ ސިކުނޑީގެ އުނގެނުމާއި ތަޖުރިބާގެ އަލީގައި ބަދަލުވުމުގެ ޤާބިލިއްޔަތު ނުވަތަ “ނިއުރޯޕްލާސްޓިސިޓީ” އާ ގުޅިފައިވާ ކަމެކެވެ. އާދަކޮށް އެއްގޮތަކަށް ވިސްނުމަކީ ސިކުނޑީގެ މަސައްކަތްތަކަށް އަސަރުކުރާ ކަމެއް ނަމަވެސް، ހަމައެކަނި ރަނގަޅު ވާހަކައެއް ދައްކާލުމަކުން ސިކުނޑީގެ ސެލްތަކަށް ދާއިމީ ބަދަލެއް ނާންނާނެއެވެ.

މީގެ އެންމެ މުހިންމު ފިލާވަޅަކީ، ޕްރެޝަރު ބޮޑުވާ ވަގުތުތަކުގައި އަމިއްލަ ނަފްސާ މުޚާތަބުކުރާ ގޮތަށް ސަމާލުވުމެވެ. “އަހަންނަށް އަބަދުވެސް ކަންކަން ކުރެވެނީ ގޯސްކޮށް” ކަމަށް ބުނުމުގެ ބަދަލުގައި، “މިކަމުން އަހަންނަށް އާ ކަންތައްތަކެއް ދަސްވެއްޖެ” ކަމަށް ބުނެވިދާނެއެވެ. އަމާޒަކީ މައްސަލަތަކަށް އިންކާރު ކުރުމެއް ނޫނެވެ. ނަމަވެސް، ކެތްތެރިކަމާއެކު މައްސަލަތަކަށް ކުރިމަތިލުމެވެ.

އަމިއްލަ ނަފްސާ ވާހަކަދެއްކުމަކީ ނަފްސާނީ ބޮޑެތި ބަލިތަކަށް ނުވަތަ މާބޮޑަށް ހާސްވާ ބަލިތަކަށް ފަރުވާ ހޯދުމުގެ ބަދަލުގައި ކުރާ ކަމެއް ނޫނެވެ. އެހެންނަމަވެސް، މިއީ ދުޅަހެޔޮ އިޙުސާސްތަކެއް އުފެއްދުމަށް އެޅިދާނެ ކުޑަ ނަމަވެސް މުހިންމު ފިޔަވަޅެކެވެ.

އަޅުގަނޑުމެންގެ ވަށައިގެންވާ ހުރިހާ ކަމެއް ކޮންޓްރޯލެއް ނުކުރެވޭނެއެވެ. އެކަމަކު އަމިއްލަ ނަފްސަށް އިޙުތިރާމާއި ކެތްތެރިކަމާއެކު އިޖާބަދޭން ދަސްކުރެވިދާނެއެވެ. ބައެއް ފަހަރު، އަމިއްލަ ނަފްސާ ދައްކާ ވާހަކައިގެ ރާގަށް ގެންނަ ކުޑަ ބަދަލަކުން، އުނދަގޫ ކަންތައްތައްވެސް ފަސޭހަވެގެންދެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top