ރެޑްބުލް އެނާޖީ ޑްރިންކު ފަރާތުން ރާއްޖެގައި ބާއްވަމުން އަންނަ ރެޑްބުލް ވިނިން ފައިވް – މޯލްޑިވްސް 2020 މުބާރާތުގެ ހަނިމާދޫގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް ޓީމް އަޅިބުރޯސްއިން ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން އަޅިބްރޯސް އިން ހޯދާފައިވަނީ ފައިނަލް މެޗުގައި ޓީމު ކަރާއާއި ވާދަކޮށް އެކެއް ސުމެއްގެ ނަތީޖާއަކުންނެވެ.

ރެޑްބުލް ވިނިންގ ފައިވް ހަނިމާދޫ – ފޮޓޯ: އައިވެލް ޕޯޓްރެއިޓް
އިއްޔެރޭ ހަނިމާދޫ މަލްޓިޕާޕަސް ޓާފު ދަނޑުގައިކުރިއަށް ގެންދެވުނު މި މުބާރާތުގައި ދިހަ ޓީމަކުން ވާދަކޮށް ޖުމުލަ އެކާވީސް މެޗުވަނީ ކުޅެފައެވެ.

ރެޑްބުލް ވިނިންގ ފައިވް ހަނިމާދޫ – ފޮޓޯ: އައިވެލް ޕޯޓްރެއިޓް
މި މުބާރާތުގެ އަތޮޅުބުރު ރާއްޖޭގެ އެކިއެކި އަތޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމުތައް މި އަހަރު ޖޫންމަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ބުރަށް ކޮލިފައިވެގެން ދާނެއެވެ.

ރެޑްބުލް ވިނިންގ ފައިވް ހަނިމާދޫ – ފޮޓޯ: އައިވެލް ޕޯޓްރެއިޓް
މި މުބާރާތުގެ ޗެމްޕިއަންސް ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ފަންސާސް ހާސް އަދި ރަނަރަޕަށް ފަންސަވީސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރެޑްބުލް ވިނިންގ ފައިވް ހަނިމާދޫ – ފޮޓޯ: އައިވެލް ޕޯޓްރެއިޓް
ރެޑްބުލް ވިނިން ފައިވް – މޯލްޑިވްސް 2019، މުބާރާތުގެ ޗެމްޕިއަންސް ބުރުގެ ފައިނަލް މެޗުގައި ވާދަކޮށްފައި ވަނީ ތިލަދުންމައްޗަށް ނިސްބަތްވާ ދެ ޓީމު ކަމުގައިވާ، މި އަހަރު ވެސް ހަނިމާދޫ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އަޅި ބްރޯސް އާއި ހޯރަފުށީ ޓީމް ޕަބުޖީއެވެ. ފައިނަލް މެޗު ކާމިޔާބުކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ޓީމް ޕަބުޖީއެވެ
