ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދާ ބިރުވެރި ފިލްމް “ބަޅިނދު“ގެ ޓީޒާ މާރިޗް އެކެއްގައި ނެރޭނެކަމަށް އެ ޕްރޮޑަކްޝަން ހައުސް އިން ބުނެފިއެވެ. “ބަޅިނދު“ގެ ފުރަތަމަ ދައްކައިލުން ނެރުމަށް ހަމަޖެހިފައިވަނީ 01 މާރިޗް 2020 އާދީއްތަ ދުވަހު ހެނދު 10:00ގައި ކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނެއެވެ.
ފިލްމު “ބަޅިނދު“ގައި ޖުމައްޔިލް ނިމާލް (ޖުމަލް)، އިސްމާޢީލް ޖުމައިހް (ޖުމާ)، އާޝާ، ސަރާގެ އިތުރުން މުޙައްމަދު ޔުނާން އާއި ހުނޭޝާ އާދަމް ނަސީރު ހަރަކާތްތެރިވާނެއެވެ.
ޑާާކް ރެއިން އެންޓަޓެއިންމެންޓްގެ 14ވަނަ ފިލްމު “ބަޅިނދު“ގެ ސްކްރީންޕްލޭ ލިޔުނީ ހޫދު އިބްރާހީމް އެވެ. ފިލްމު ކެމެރާކޮށް ޑައިރެކްޓްކުރަނީ އަޙްމަދު ސިނާން އެވެ.
މި އަހަރު ޖެނުއަރީ 15 ގައި ޝޫޓިން ފެށި މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މާލެ އާއި ހުޅުމާލޭގައެވެ.

ފިލްމު “ބަޅިނދު”ގެ ބައެއް ތަރިން – ފޮޓޯ: ޑާކްރެއިން
ޑާކް ރެއިން އިން މިދިޔަ އަހަރު ފިލްމު ”ގޮށްރާޅު“ އަދި ”މާމުއި“ ގެނެސްދީފައި ވާއިރު، “ނޮވެމްބަރ“ގެ ނަމުގައި ގިނަ ލޮކޭޝަން ތަކެއްގައި ނަގާފައިވާ ލޯބީގެ ފިލްމު ޖުލައި 06ގައި ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.
ފިލްމު “ނޮވެމްބަރ” އަކީ ޑާކް ރެއިންގެ އުފެއްދުންތަކުން، މުނިއަވަސް އިން އޮންލައިން މީޑިއާ އަދާކުރާ ފުރަތަމަ ފިލްމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!