“ކަސައުޓީ ޒިންދަކީ ކޭ”އަށް ހީވެސް ނުކުރާފަދަ ވަރުގަދަ ޓްވިސްޓްތަކެއް ގެނެސް، މިއަދުގެ އެޕިސޯޑުން ބެލުންތެރިންނަށް ވަރުގަދަ ސަޕްރައިޒެއް ދީފިއެވެ.
ދުވަސްތަކަކަށް ފަހު ޕްރޭނާއާއި އަނޫރާގް އެކުވެދާނެ ކަމަށް ބެލުންތެރިންނަށް ހީވި ނަމަވެސް ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެކެވެ.
އެކިފަހަރު އެކި ގޮތްގޮތައް އެކި މީހުންގެ ފަރާތުން އައި މަރުގެ ހަމަލާތަކުން ރެކެމުން އެންމެފަހުން ގެއްލިފައިވާ އަނޫރާގްގެ ހަނދާންތައް އަލުން އައިސް ދެމީހުން އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާކަމަށް ބުނަމުން ދަނިކޮށް ދެން ފެނުނީ އަނޫރާގް ޕްރޭނާ މަރާލުމަށް ދޭ ހަމަލާއެކެވެ.
ޕްރޭނާ ގޮވައިގެން ހޯރާ ބްރިޖަށް އަނޫރާގު ދެއެވެ. ލޯބީގެ ވާހަކަތައް ދައްކަމުންގޮސް ބްރިޖުމަތިން ޕްރޭނާ ވައްޓާލައެވެ. ކޯރުތެރެއަށް ޕްރޭނާ ވެއްޓި އަޑިއަށްދެއެވެ. ޕްރޭނާ ސަލާމަތްވާން ކުރާ މަސައްކަތް ނާކާމިޔާބުވެއެވެ.
ސަޕްރައިޒްއަކަށް ވެގެންދިޔައީ މިހަމަލާއިން ޕްރޭނާ ސަލާމަތް ކުރަންއައި މީހާއެވެ. ކުއްލިއަކަށް ކޯރަށް ފުންމާލަނީ ހަށިހެޔޮ ފަހުލަވާނެކެވެ. މިސްޓަރ ބަޖާޖްއެވެ. އާއެކެވެ. “މިސްޓަރ ބަޖާޖް އިޒް ބެކް” އެވެ. ޕްރޭނާ ސަލާމަތްކޮށްދެނީ ބަޖާޖެވެ.
ޕްރޭނާއަށް އެވަރުގެ ދޯކާއެއް އަނޫރާގު ދިން ސަބަބު އޮޅުންފިލުވުމަށް އަނޫރާގުގެ ގެއަށް ދެއެވެ. އެ ގެއިން ފެންނަނީ ޕްރޭނާގެ މަރު އަނޫރާގާއި ކޮމޮލިކާ ސެލެބްރޭޓްކުރާތަނެވެ.
އަދި އަނޫރާގާއި ޕްރޭނާގެ ދަރިފުޅު ސްނޭހާ ކޮމޮލިކާގެ ނުފޫޒުން ޔަތީމްޚާނާއަކަށް ފޮނުވާލި ކަންވެސް މިއަދުގެ އެޕިސޯޑުންވަނީ އެނގިގެން ގޮސްފައެވެ.
“ކަސައުޓީ ޒިންދަކީ ކޭ” ގައި މާދަމާވެސް ބޮޑެތި ޓްވިސްޓްޓަކެއް ހުރިކަމަށް މިއަދުގެ ޕްރީކެޕް ވީޑިއޯއިން ފެނިގެންދެއެވެ.
