ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ސިއްހީ ދާއިރާ ފުރާނަ އަތްމައްޗަށް ލައިގެން ރައްޔިތުންގެ ހައްގުގައި!

ހަލުވިކަމާއިއެކު ދުނިޔެއަށް ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 މި ވަނީ ރާއްޖެއާ ހަމައަށްވެސް ފޯރާފައެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ހެޔޮ ދުއާކޮށް اللهގެ ހަޟްރަތުގައި ދެންނެވުން ނޫންގޮތެއްނެތެވެ. ނަމަވެސް ފެންނަމުންދަނީ އެހެން މަންޒަރެކެވެ.

ބައްޔަށް 2 މިީހުން ޕޮޒިޓިވްވުމާއިއެކު ހުރިހާ އެންމެން ފާޑު ކިޔުމާއި ޝަކުވާތައް ދިމާވީ ސީދާ ސަރުކާރަށެވެ. ހެލްތު މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއިން ގަސްދުގައި ރައްޔިތުންނަށް ބަލި ޖައްސަފާނެހެއްޔެވެ.؟ ނޫނީ ބައްޔަށް ރައްކާތެރިވުމަށް އިންސާނުންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ.؟ ހިތްތިރިކޮށްލާފަ މިންވަރަށް ޝުކުރުކޮށްލާށެވެ. އިންސާނުންނަށްވުރެ މަތިން އަމުރުތައް ކުރައްވާ ފަރާތެއްވާކަން ހަނދުމަފުޅު ބަހައްޓަވާށެވެ. އެއްވެސް އިންސާނަކަށް ނުއުފުލޭވެ ބުރައްއެއް އެކަލާނގެ ނުޖައްސަވާނެއެވެ.

ހަނދާން ބަހައްޓާށެވެ. މީހުންނާ ދިމާއަށް ބަދުވަސް ބުނަމުންދާއިރު އިންސާނާގެ ދުލަކީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. އުފާކުރާށެވެ. ތިމާމެންގެ ސިއްހީ ރައްކަތެރިކަން ފޯރިކޮށްދިނުމަށް އަމިއްލަ އާއިލާވެސް ދޫކޮށްފައި އައިސް ތިބި ހިތްވަރުގަދަ ނަރުހުންނާއި ޑޮކްޓަކުން ތިބީތީއެވެ. ތިމާމެންނަށް ކުރިމަތިވެދާނެ ނުރަކަލަށް ބިރެއްނެތި އެތިބީ ހަށި ފޮޅާލައިގެންނެވެ.

ހެލްތު ދާއިރާގައި މަސައްކަތްކުރާ، ހެލްތު ވޯކަރުންނާ އަދިވެސް އެހެނިހެން މެޑިކަލް ޕްރޮފެޝަނަލުން މި ވައިރަހުން ދިވެހިން ސަލާމަތް ކުރުމަށްޓަކައި ފުރާނަ އަތްމައްޗަށް ލައިގެން އެ ކުރަމުންދާ މަސައްކަތަށް ޝުކުރު ހައްގު ނޫންތޯއެވެ؟

ރައްކާތެރިކަމަށްޓަކައި އެބޭފުޅުން އެކުރާ މަސައްކަތާއި އެއްވަރަށް އަހަރުމެންގެ އަމިއްލަ ފަރުދީ ޒިންމާ އަދާކުރުންވެސް މުހިންމެވެ.​

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Rahumaiytheriyaa6 އަހަރު ކުރިން

Mee noonthw noos verikamakee. Rifaaz akee abadhuvx ehenihn noos verinnaa khilaafah, mifadha mihinmu liyunthah liyaa kuhjehkan ihthiraamaa eku faahaga kollan.. Abadhuvx anukunge, haassakoh mifadha muassaathakuge aguwaxan kurun warah muhinmu.. Thibaa thi kurahwaa masahkathugai maaiy Allah heyo rahmaiy lahwaasi.. Aameen.

Home
Menu
Search
Back to top