ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އަނދިރިކަން” ދެއްކުން ވަގުތީގޮތުން މެދުކަނޑާލައިފި

މިމަހު 04 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ދައްކަންފެށި ސީޒަންގެ ފިލްމު “އަނދިރިކަން” ދެއްކުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އެސް ޕްރޮޑަކްޝަންގެ ވައިބަރ މެދުވެރިކޮށް ސީޒަން ދިން އޯޑިއޯ މެސެޖެއްގައި ބުނީ “އަނދިރިކަން” ދެއްކުން މިވަގުތަށް މެދުކަނޑާލަނީ ފިލްމު ބަލަން ބޭނުންވާ ވަރަށް ގިނަ މީހުން މިވަގުތު މީހުން އެއްވާ ތަނަކަށް ދާން ޖެހިލުންވާތީ ކަމަށެވެ.

“ދެން ހެލްތު ސޭފްޓީއަށް ބަލާއިރުވެސް މިވަގުތު ފިލްމު ބްރޭކްކޮށްލުން އެއީ އެންމެ ރަނގަޅުގޮތްކަމަށް ޤަބޫލުކުރެވޭތީ މިވަގުތު އިހަށް ފިލްމުގެ ކުރިއަށްހުރި ހުރިހައި ޝޯތަކެއް މިރެއިން (08 މާރިޗުން) ފެށިގެން ކެންސަލްކޮށްލީ.”

ސީޒަން އިތުރަށް ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމު އަޅުވާނެ ތާރީޚެއް އަލުން އިއުލާނުކޮށް އަލުން އޮލިމްޕަހުގެ ސްކްރީނަށް އަންނާނެކަމަށެވެ.

އަތޮޅުތެރޭގައިވެސް ފިލްމު އެޅުވުމަށް ވާހަކަދައްކާފައި ހުރި ގިނަ ރަށްތައްވެސް ކެންސަލްކޮށްލާފައި ވާކަމަށް ސީޒަން ބުންޏެވެ.

އަނދިރިކަން” ދެއްކުމަށް ކޮންފަރމް ކޮށްފައި ހުރި ރަށްތަކުގައި ވެސް ކެންސަލްކޮށްލެވޭތޯ ބަލަމުން އަންނަކަމަށް ސީޒަން ބުންޏެވެ.

އަނދިރިކަން” މިއީ ސީޒަންގެ އެސް ޕްރޮޑަކްޝަނާއި މާސްކޭގެ މާސްކޭ ސްޓޫޑިއޯ ގުޅިގެން އުފައްދާފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

މި ފިލްމު މިހައިތަނަށް ބެލި ފަރާތްތަކުން ފިލްމަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައި ވެއެވެ.

އަނދިރިކަން“ ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
alikan6 އަހަރު ކުރިން

This is the 2nd time the film got cancelled for whatever reasons. why dont u just upload it on baiskoaf

Home
Menu
Search
Back to top