މޯލްޑިވިއަން އައިޑަލް އިން ފެނިގެންދިޔަ ހުނަރުވެރި ކުޑަކުޑަ އެކްޓަރ ނަހުޒާން އަހުމަދު ހުސައިން (ނަހޫ)، އެލައިޑްގެ އޭޖެންޓެއްގެ ގޮތުގައި ފެނުމަށްފަހު، މިފަހަރު ފެންނަން މި ފެށީ ކޮވިޑް-19އަށް ހޭލުންތެރި ކުރުވުމަށް ތައްޔާރުކޮށްފައިވާ އިޝްތިހާރު ތަކަކުން ނެވެ.
ބޮޑުވެ، އުމުރުފުރާއަށް އަޅާފައިހުރި ނަހޫ މިފަހަރު މި ބުނަނީ ހުސް ބުޅީގަ ގަންނާކަށްނުވާނެ ކަމަށެވެ. ނަހޫގެ މެސެޖް ފެށެނީ އޭނާގެ ލާނެތް ޑައިލޮގު ކޮޅަކުންނެވެ
”އަޅުގަނޑު މިހާރު އެހާ ކިޔުޓް ނުވެދާނެ. ބޮޑުވެފަ މި ހުރީ. އެކަމަކު ދައްކަންވެފަ އޮތް ވަރަށް މުހިންމު ވާހަކައެއް އެބަ އޮތް. ކޮރޯނާވައިރަސް ކޯވިޑް ނައިންޓީންގެ ކޮންމެ ކޮންމެ ޚަބަރެއް ސޯޝަލް މީޑިއާއިން ފެނުނީމާ ޝެއަރކުރުން އެހާ ރަނގަޅެއް ނޫން….“
ނަހޫގެ މި ވީޑިއޯއިން ދެނީ ވަރަށް މުހިންމު، ބޭނުންތެރި މެސެޖެކެވެ. ވީޑިއޯ ބަލައިލާ ޝެއާކޮށްލާށެވެ.
ހުސް ބުޅީގަ ގަންނާކަށްނުވާނެ!#COVID2019 pic.twitter.com/XsMvt6UuGC
— HPA Maldives (@HPA_MV) March 9, 2020
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




