ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ހާސްނުވެ އަތް ދޮންނަންވީ!

ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް އިން ޖެހޭ ބަލިން ރައްކާތެރިވުމަށް ރާއްޖޭގެ ހެލްތު ސެކްޓަރއިން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމުއިއްޔާއިން އެކަން ފާހަގަކޮށްފައިވާއިރު، ރާއްޖޭގެ ވަކިވަކި ފަރުދުންނާއި ޖަމިއްޔާ ޖަމާޢަތްތަކުންވެސް އަންނަނީ ހޭލުންތެރިކުރުވުމުގައި ބައިވެރިވަމުންނެވެ.

ކަމަކަށް މީހުން ހޭލުންތެރިކުރުވުމަށް އޮތް އެންމެ ނުފޫޒުގަދަ ވަޞީލަތަކީ މީޑިއާއެވެ. މީޑިއާގެ ޒަރީޢަތްތަކުން ވީޑިއޯ އަކީ އެންމެ ނުފޫޒުގަދަ ގޮތެވެ. ވަކިން ޚާއްޞަކޮށް ކޮމިކް ސްޓައިލެއްގައި އެފަދަ ވީޑިއޯ އިޝްތިހާރެއް ގެނެސްދިނުމަކީ އެ އިޝްތިހާރު ބެލުމަށްފަހު، އޭގައި އެ ބުނާ ކަމެއް ހަނދާނުގައި ބެހެއްޓުމަށް އެންމެ އެކަށީގެންވާ ގޮތްކަމަށް ޤަބޫލުކުރެވެއެވެ.

ރާއްޖޭގެ އެންމެ މަޤްބޫލު އެއް ވީޑިއޯ ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓުން މިއަދުގެ ވަގުތެއްގައި ޕަބްލިކް ސާވިސް އެނައުންސްމެންޓެއް މީސްމީޑިއާއަށް ވަނީ ދޫކޮށްލާފައެވެ. ޑާކް ރެއިންގެ ކޮމިކް ސްޓައިލްގައި ގެނެސްދީފައިވާ ވީޑިއޯ އިންވެސް ދޭ މެސެޖަކީ ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް ދެވެން އޮތް އެންމެ ރަނގަޅު މެސެޖެވެ. އަތްދޮވެ ސާފުތާހިރުވުމެވެ.

އެ ވީޑިއޯގައި ކޮމީޑިއަން ސުނީ ވެސް ބުނަނީ ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށް ޖެހެނީ ހާސްނުވެ އަތްދޮންނަން ކަމަށެވެ. އެއަށްފަހު އަތް ދޮންނަންވީ ރަނގަޅުގޮތް، ކުޑަކުދިންގެ މަޤްބޫލު ބޭބީ ޝާކްގެ ޓައިޓް ލަވަކިޔަމުން ބުނެދެއެވެ.

https://www.facebook.com/125766260836371/posts/2858179967594973/

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top