ރާއްޖޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ޕެންޝަން އޮފީހުގެ ޚިދުމަތްތައްވެސް އޮންލައިންކޮށް ހޯދުމަށް އެ އޮފީހުން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީ ފަދަ ކުންފުނިތަކުން ވެސް ވަނީ ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އިލްތިމާސްކޮށްފަ އެވެ.
ޕެންޝަން އޮފީހުން ބުނީ އެ އޮފީހުގެ ޚިދުމަތްތަކާ ގުޅޭ މައުލޫމާތު ހޯދަން ކޯލް ސެންޓަރ ނަންބަރު 1441 އަށް ގުޅުމުން ޚިދުމަތް ލިބޭނެ ކަމަށާއި މޮބައިލް އެޕުންނާއި ވެބްސައިޓް މެދުވެރިކޮށް ލައިވް ޗެޓްވެސް ކުރެވޭނެ ކަމަށެވެ.
ފޭސްބުކް އާއި ޓުވިޓާ މެދުވެރިކޮށްވެސް މެސެޖުކުރެވޭނެކަމަށް ޕެންޝަންު އޮފީހުން ބުންޏެވެ. އަދި ބުނީ އެކި ކަންކަން އޮޅުންފިލުވުމަށާއި ފޯމްތައް ހުށަހެޅުމަށް އެ އޮފީހަަށް މެއިލް ކުރެވޭނެ ކަމަށެވެ. އޮފީހުގެ މެއިލްއަކީ [email protected] އެވެ.
ކިޔުންތެރިންގެ ޚިޔާލު
