މިހާރުވެސް އޮންނަ އުޞޫލުގެ ދަށުން ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި ސްރީލަންކާއަށް ދަތުރު ކުރެވޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު ޝާހިދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެ އާއި ލަންކާއާ ދެމެދު އެއްބަސްވެފައިވާ ގޮތަށް ދިވެހީންނަށް ލަންކާގެ އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން އެންމެ ވަރުގަދަ އަށް ބޯޑަރު ބަލަހައްޓާ އެއް ގައުމަކީ ލަންކާއެވެ. އެގައުމަށް އެތެރެވާ މީހުންގެ ހެލްތު ކާޑް ޗެކް ކުރަނީ ވެސް ސިފައިންނެވެ. އަދި ޝައްކު ކުރެވޭ މީހުން ވަކިވަކިން އެއާޕޯޓްގައި ވެސް ވަރަށް ބޮޑަށް ސްކްރީން ކުރެއެވެ.
ކޮވިޑް މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 100،000 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު 4300 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.
ކިޔުންތެރިންގެ ޚިޔާލު
