ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ސޫރިޔަވަންޝީ” ރިލީޒްކުރުން ފަސްކޮށްފި

އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފް ލީޑް ރޯލް ކުޅެފައިވާ ފިލްމު “ސޫރިޔަވަންޝީ” ރިލީޒްކުރުން ފަސްކޮށްފިއެވެ.

ފިލްމުގެ ޑައިރެކްޓަރ ރޯހިތު ޝެޓީ ސޯޝަލް މީޑިއާގައި ޢާއްމުކުރި ބަޔާނުގައި ބުނެފައިވަނީ މި ފިލްމު އުފެއްދުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާއި މި ފިލްމު އުފެއްދުމަށް އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ވާކަމަށެވެ. އަދި ފިލްމުގެ ޓްރެއިލާއަށް ލިބުނު ތަރުޙީބަށް ބަލައި، ފިލްމު ބަލާ މީހުންނަށް މި ފިލްމު ވަރަށް ކަމުދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އަކްޝޭ ކުމާރާއި ކެޓްރީނާ ކައިފްގެ އިތުރުން ގުލްޝަން ގްރޯވަރ، އަބިމާންޔޫ ސިންގ، ނިހާރިކާ ރައިޒާދާ، ޖެކީ ޝްރޯފް، ސިކަންދަރް ކޭރް، ނިކިތިން ދީރް އަދި ބިވާން ބަތޭނާވެސް ސޫރިޔަވަންޝީގައި ހަރަކާތްތެރިވެއެވެ. އަދި އަޖޭ ދޭވަގަންއާއި ރަންވީރް ސިންގ ވެސް “ސިންގަމް” އަދި “ސިމްބާ” ގައި އެމީހުން ކުޅުނު ރޯލުން އެނބުރި އަންނާނެކަމަށްވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ފިލްމު ރިލީޒްކުރުން ފަސްކުރަން ނިންމާފައިވާ ކަމަށާއި ފިލްމު ރިލީޒްކުރާނެ ދުވަހެއް ފަހުން އިޢުލާންކުރާނެ ކަމަށް ރޯހިތު ޝެޓީ ވަނީ ބުނެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top