ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިންޑިއާގެ ޑޮކްޓަރުންގެ ޓީމު ރާއްޖެ އަތުވެއްޖެ

ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ އިން ފޮނުވި ޑޮކްޓަރުންނާއި ސިއްހީ އެހީތެރިންގެ ޓީމު ރާއްޖެ އަތުވެއްޖެ އެވެ.

އިންޑިއާ އިން ބުނެފައިވާ ގޮތުގައި މި ޓީމުގައި ހިމެނެނީ، ޕަލްމޮނޮލޮޖިސްޓުންނާއި (ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން)، އެނެސްތެޓިސްޓުންނާއި (ހޭނެއްތުމަށް ހާއްސަ ޑޮކްޓަރުން) ފިޒީޝަނުން އަދި ލެބްޓްރީ ޓެކްނީޝަނުންނެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އިންޑިއާ އިން ރާއްޖެއަށް އެހީ ދޭން ނިންމާފައިވާއިރު ސިއްހީ މާހިރުންގެ އިތުރުން ރާއްޖެ އަށް ބޭނުންވާ ބޭސް ހަދިޔާ ކުރަންވެސް އެގައުމުން ވަނީ ނިންމައިފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ 14 ބޭފުޅުންގެ މިޓީމުގައި އެގައުމުގެ އެކި ސަރަހައްދުތަކުގެ ސިއްހީ މާހިރުން ހިމެނޭ ކަމަށެވެ.

މި އެހީ އަކީ ރާއްޖެއިން އެދިގެން އިންޑިއާ އިން ދޭ އެހީއެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top