ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މެޑިކަލް ރިޕޯޓަކާ ނުލައި ވޯކް ވިސާ ދޫކުރަން ނިންމައިފި

ހަލުވިކަމާ އެކު ފެތުރެމުން ދާ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން، މެޑިކަލް ރިޕޯޓަކާ ނުލައި ވޯކް ވިސާއަށް ހުށަހެޅޭނެ އިންތިޒާމް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހަމަޖައްސައިފި އެވެ.

ވޯކް ވިސާއެއްގައި މަސައްކަތްކުރަން އަލަށް އަންނަ މީހުން، ރާއްޖެއަށް އެތެރެވާތާ 15 ދުވަސް ތެރޭގައި މެޑިކަލް ރިޕޯޓާ އެކު ވިސާއަށް ހުށަހަޅަން ޖެހޭނެ އެވެ.

ނަމަވެސް މެޑިކަލް ރިޕޯޓަކާ ނުލައި މި ދުވަސްވަރު ވޯކް ވިސާ ދޫކުރަން ނިންމާފައިވާ ކަމަށާއި އަދި މި ވިސާ ދޫކުރާނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށް  އިމިގްރޭޝަނުން ބުނެއެވެ. މީގެ ކުރިން ވިސާ ދޫކުރަމުން އައީ އެއް އަހަރުގެ މުއްދަތަކަށެވެ.

ވޯކް ވިސާގެ އިތުރުން އެހެނިހެން ވިސާ ވެސް މެޑިކަލް ރިޕޯޓަކާ ނުލައި ދޫކުރަން އިމިގްރޭޝަނުން ވަނީ ނިންމާފަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top