ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާގިރި ހޮޓާ އަލުން ހުޅުވައިފި!

ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ޓޫރިސްޓު މީހާ މާލޭގައި ދެ ދުވަސް ވަންދެން ހުރި މާގިރި ހޮޓާ ޑިސްއިންފެކްޓްކުރުމަށް ފަހު ހުޅުވައިފިއެވެ.

މާމިގިރި ހޮޓާ ޑިސްއިންފެކްޓް ކުރުމަށް ބަންދު ކުރީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިިޔަލަށެވެ.

މާގިރި ހޮޓެލްގައި ދެ ދުވަސް ވަންދެން ހުރި ފަތުރުވެރިޔަކީ ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު، މާލެ މާގިރީގައި މަޑު ކުރުމަށް ފަހު މި މަހުގެ އެއްވަނަ ދުވަހު އިޓަލީއަށް ފުރި ފަތުރުވެރިއެކެވެ. އޭނާގެ ސަބަބުން ކުރެއްދޫގެ އިތުރު ފަސް މީހަކަށް ކޮވިޑް-19 ޖެހުނެވެ.

ބަލި ޖެހިފައި ހުރި މީހަކު މާގިރި ހޮޓަލުގައި އުޅެފައި ދިޔަކަން އެނގުމާއެކު، އޭނާއާ ކޮންޓެކްޓްވި އެ ހޮޓަލުގެ މުވައްޒަފުންނާއި މާލޭން އޭނާއާ ކޮންޓެކްޓްވި މީހުން ހޯދައި އެކަހެރިކޮށް ބައެއް މީހުން ޓެސްޓް ވެސް ކުރިއެވެ. އެކަމަކު، އެންމެން ވަނީ ބައްޔަށް ނެގަޓިވްވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top