ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސައްހަ ނޫން ޚަބަރާ ދެކޮޅަށް ބްރޯޑްކޮމްގެ އިންޒާރެއް

ދުނިޔޭގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް ރާއްޖޭންވެސް ފެނިފައިވާއިރު، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް، ދޮގު ޚަބަރާއި ސައްހަ ނޫން މައުލޫމާތު ބްރޯޑްކާސްޓުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން އިއްޔެ ބުނެފި އެވެ.

ބްރޯޑްކޮމްއިން ބުނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މިދަނޑިވަޅުގައި، އާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ މައުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، އެކަމާ ގުޅޭ އެންމެހާ ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން، ކޮވިޑް-19 އާ ބެހޭ ގޮތުން މައުލޫމާތު ގެނެސްދިނުމުގައި ކަމާ ބެހޭ އިދާރާތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ސިއްހީ ދާއިރާގެ މާހިރުންނާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާ ލަފާ ހޯދުމުގެ އިތުރުން، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ކޮވިޑް-19 އާގުޅޭ މައުލޫމާތު ނުފެތުރުމަށް ބްރޯޑްކޮމް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top