ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާލޭ އޭރިއާގެ ކެފޭތަކާއި ރެސްޓޯރަންޓްތައް ބަންދުކުރަން އަންގައިފި

މިމަހު 21ވާ ​ހޮނިހިރު ދުވަހުގެރޭ މެންދަމު ބާރައިން ފެށިގެން މާލެ ސަރަހައްދުގައި ކެއިންބުމުގެ ޚިދުމަތްދޭ ހުރިހާ ތަނެއް ބަންދުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ މެންދަމު 12 އިން ފެށިގެން މާލޭގައި ހިންގަމުންދާ ކެފޭ ރެސްޓޯރެންޓުތަކާއި، އެތަންތަނުން ދެމުންދާ އެންމެހައި ޚިދުމަތްތައް ބަންދުވާނެކަމަށެވެ. ނަމަވެސް ޓޭކްއަވޭ އުސޫލުން ކާބޯތަކެތި ވިއްކުމަށް އެއްވެސް ހުރަހެއް ނެތްކަމަށްވެސް އެ ޓްވީޓްގައި ވިދާޅުވިއެވެ.


ރާއްޖޭގައި ކޮވިޑް19 ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިއްޔެއިން ފެށިން އެހެން ޤައުމަކުން ފުރާ ޔޮޓާއި ސަފާރީ ފަދަ އުޅަނދު ރާއްޖެ އައުމާއި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ރިސޯޓްތަކުގައި ހަދާފައިވާ ސްޕާތައް ފިޔަވައި ރާއްޖޭގައި ހިންގާ އެހެން ސްޕާތައް ބަންދުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. ހަމަ އެހެންމެ ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި، ރެސްޓޯރެންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާގެ ޚިދުމަތް ދިނުންވެސް ވަނީ މަނާކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top