ރާއްޖެއިން ކޮވިޑް-19އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 03 މީހުން ރަނގަޅުކުރެވިއްޖެ ކަމަށް ނޭޝަނަލް އެމެޖެންސީ ސެންޓަރުން މިއަދު ބުނެފިއެވެ.
މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް އެމެޖެންސީ ސެންޓަރުން ވިދާޅުވީ ރާއްޖެއިން ކޮވިޑް-19އަށް ފައްސިވި މީހުންގެ ތެރެއިން ކުރެއްދޫއިން ފައްސިވި މީހެއް ބަލިން ރަނގަޅު ވެފައިވާކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ ކޮވިޑް-19އަށް ކުރެއްދޫއިން ގެންދިޔަ މީހާ އައިސޮލޭޝަން ފެސިލިޓީސްއަށް ގެންގޮސް ފަރުވާދެމުން ގޮސްފައިވަނީ މިމަހުގެ 7ވަނަ ދުވަހުގައިކަމަށެވެ. އޭނާގެ ފުރަތަމަ ޓެސް މިމަހުގެ 18ވަނަ ދުވަހު ހެދުމަށްފަހު އިތުރަށް ޔަގީންކުރުމަށްޓަކައި 20ވަނަ ދުވަހު ހެދި 2ވަނަ ޓެސްޓުންވެސް ނެގެޓިވް ވުމުން ބަލިން ރަނގަޅުވެފައިވާކަމަށް ނިންމާފައިވާކަމަށް ޑރ.މޫސާ މުރާދު ވިދާޅުވިއެވެ.
ކޮވިޑް-19 ޖެހޭ މީހުން ރަނގަޅުވިކަމަށް ޑަބަލިޔޫއެޗްއޯއިން ބަލާ މިންގަޑަކީ ދެ ޓެސްޓްކުރުމަށްފަހުގައި ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. ނެގެޓިވް ވުމަށްފަހުވެސް ކުރިއަށް އޮތް 30 ދުވަހު ކަރަންޓީނުކޮށްފައި ބަހައްޓާނެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ދެ މީހުން ކޮވިޑް-19 ބަލިން ރަނގަޅުވެފައިވާކަން ރޭގެ ވަގުތެއްގައި ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 13 ބިދޭސީންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
- 28 އޭޕްރިލް 2025ޚަބަރުފިލްމު “އަބަދަށް” ޕްރިމިއާކުރުން މިރޭ!