ކޮވިޑް-19 އަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން އަނެއްކާވެސް އިތުރު ދެމީހެއް އެ ބަލިން މުޅިން ރަނގަޅުވެފައިވާ ކަން ސަރުކާރުން ހާމަކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރު ދެ މީހަކު މިއަދު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ޑޮކްޓަރުންގެ ޓީމުން މަޢުލޫމާތު ދީފައިވެއެވެ. މީގެ ކުރިން ވެސް އެ ބަލިން ތިން މީހަކު ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެ އިން މި ބަލި ޖެހުނު 13 މީހުންގެ ތެރެއިން ޖުމުލަ 5 މީހެއް މިވަނީ ރަނގަޅުވެފައި ކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން ކޮވިޑް-19 އަށް ފައްސިވި 13 މީހުންގެ ތެރެއިން މިިިހާރު ބާާާާކީީ ތިބީ ޖުުމުލަ 8 މީީީހުންނެވެެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް މިއަދު ވިދާޅުވި ގޮތުގައި ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް ޖުމުލަ 673 ސާމްޕަލް ނަގާފައިވާ ކަމަށާއި، އޭގެތެރެއިން 660 ސާމްޕަލް ނައްސިވެފައިވާއިރު، ކަރަންޓީން ފެސިލިޓީތަކުގައި ޖުމުލަ 496 މީހަކު އެބަތިބި ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.