ކޮވިޑް-19 އާއި ގުޅިގެން ދަތުރުފަތުކުރުން މަދުވަމުން، ލ. ކައްދޫ އިސްކަންދަރު އެއަރބޭސްއަށް މިއަދު އެންމެ ފްލައިޓެއް ޖައްސާފައި ވާއިރު، މާދަމާވެސް ޝެޑިއުލްކޮށްފައިވަނީ އެންމެ ފްލައިޓެއްކަމަށް މަޢުލޫމާތު ލިބިއްޖެއެވެ. މީގެ އިތުން ހަނިމާދުއަށް ވެސް މިއަދު ޖެއްސީ އެންމެ ފްލައިޓެއްކަމަށް މަޢުލޫމާތުލިބެއެވެ.
އާއްމުކޮށް 9 ވަރަކަށް ފްލައިޓް މޫވްމެންޓް އޮންނަ ކައްދޫ އެއަރޕޯޓްގައި މިހައި މަދު އަދަދަކަށް ފްލައިޓް ޖެއްސި ތާރީޚެއްވެސް ބުނަން ނޭނގޭކަމަށް ކައްދޫ އެއާޕޯޓް މުވައްޒަފެއް މުނިއަވަސް އަށް ބުންޏެވެ.
ރާއްޖެއިން ކޮވިޑް-19އަށް 13 މީހުން ޕޮޒިޓިވްވުމާއެކު ސަރުކާރުން އަންނަނީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު ބޮޑުތަނުން ދަށަށްގޮސްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން އެތެރޭގެ އުދުހުންތަކަށްވެސް އެކަމުގެ ނޭދެވޭ އަސަރު އަންނަނީ ކުރަމުންނެވެ.
ރާއްޖެއިން ކޮވިޑް-19އަށް ފައްސިވި މީހުންގެ ތެރެއިން 05 މީހުން މިހާރު އެ ބަލިން ރަނގަޅުވެފައިވެއެވެ.
