ޔުނަައިޓެޑް އެރަބް އެމިރޭޓްގައި ކޮވިޑް-19 އަށް ފައްސިވެ (ޕޮޒިޓިވްވެ) ފަރުވާ ދޭން ފަށާފައިވާކަމަށް އެގައުމުގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަންއާ ހަވާލާދީ، އެގައުމުގެ މީޑިޔާ ތަކުގައި ރިޕޯޓް ކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތުން މިއަދު ވަނީ އެގައުމުގައި 50 މީހުން މިއަދު ކޮވިޑް 19 އަށް ފައްސިވެފައިވާކަމަށް އިއުލާނުކޮށްފައެވެ. މީގެ ތެރޭގައި ދިވެއްސަކުވެސް ހިމެނޭކަމަށް އިއުލާނުކޮށްފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އެހެންނަމަވެސް ރާއްޖޭގެ ސަރުކާރުން މިކަން އަދި ކަށަވަރު ކޮށްދެއްވާފައެއްނުވެއެވެ.
ކިޔުންތެރިންގެ ޚިޔާލު
