ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކޮވިޑް 19 އަށް ދިވެއްސަކު ފައްސިވެއްޖެ

ކޮވިޑް-19އަށް ދިވެއްސަކު ފައްސުވެއްޖެ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ހާމަކުރައްވައިފިއެވެ. 

ނޭޝަނަލް އެމްޖެންސީ ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ އިނގިރޭސި ވިލާތުން އެނބުރި ރާއްޖެއަށްއައި 38 އަހަރުގެ ދިވެއްސެއް ކަމަށެވެ. 

މިނިސްޓަރ އަމީން ވިދާޅުވީ އިނގިރޭސި ވިލާތުންއައި މިމީހާ މިހާރު ކަރަންޓީނުކޮށްފައިވާކަމަށާ، އޭނާ ކަރަންޓީނަށްލީ މިމަހު 22ވަނަ ދުވަހުކަމަށެވެ. އޭނާ ކޯވިޑް-19އަށް ޓެސްޓްކުރީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެމީހާ ޕޮޒިޓިވްވީކަން ކަށަވަރުވީ މިމަހުގެ 27 ވަނަދުވަހުކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ. 

މި މީހާއެކު ކޯވިޑް-19 ރާއްޖެއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ 14އަށް އަރާފައެވެ. ނަމަވެސް މިއީ ދިވެއްސަކު ބައްޔަށް ޕޮޒިޓިވްވީކަން ރަސްމީކޮށް ޔަޤީންކުރެވުނު ފުރަތަމަ ފަހަރެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top