ރާއްޖޭގެ އެންމެ ފުންނާބު އުސް ވާހަކަ ލިޔުންތެރިޔާ އިބްރާހިމް ވަހީދު (ބިންމާ)ގެ ރީތި ވާހަކަތައް އޮންލައިންކޮށް ކިޔުންތެރިންނާއި ހިއްސާކުރަން ފަށައިފިއެވެ. ނަމަވެސް ބިންމާ އިބްރާހިމް ވަހީދުގެ ޝަރުތެއް އެބައޮތެވެ. ޝަރުޠަކީ ގޭގައި ތިބުމެވެ.
ކޮވިޑް-19 އާއި ރައްކާތެރިވުމަށް ގޭގައި މަޑުކޮށްގެން ރައްޔިތުން ތިބުމަށް ސަރުކާރުން އަންގަމުންދާ މި ދަނޑިވަޅުގައި ބިންމާ އިބްރާހިމް ވަހީދު ފަށާފައިމިވަނީ ތަފާތު، އެހެނަސް ބޭނުންތެރި ހަރަކާތެކެވެ. ބިންމާ އިބްރާހިމް ވަހީދު ލިޔުއްވާފައިވާ ވާހަކަތަކުގެ ތެރެއިން ކިޔުންތެރިންގެ މެދުގައި އެންމެ މަޤްބޫލުކަން އުފެދުނު ވާހަކަތައް ޕީޑީއެފް ފޯމެޓްގައި، އެއްވެސް އަގަގާއި ނުލައި ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމަކީ ކިޔުމުގެ ހުނަރު އަށަގެންނެވުމަށްވެސް މުހިންމު ހަރަކާތެކެވެ. އަނެއްކޮޅުން، ގޭގައި މަޑުކޮށްގެން ތިބޭ ވަގުތު ފޫހިފިލުވައިލުމަށް ކޮށްލަން މިއީވެސް ރަނގަޅު ކަމެކެވެ.
ބިންމާ އިބްރާހިމް ވަހީދުގެ ފޭސްބްކް ޕޭޖް މެދުވެރިކޮށް ވާހަކަތަކުގެ ލިންކުތައް ހިއްސާކުރަމުން އަންނައިރު، މިހައިތަނަށް ތިން ވާހަކައެއްގެ ލިންކު ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ’ހުކުރު ވިލޭރޭ’، ’އިޝްޤް‘ އަދި ’ދުންފިނި‘ އަދި ’ޖިންނިއެއް‘ ހިއްސާކޮށްފައި ވެއެވެ. ކިޔުންތެރިންގެ ފަރާތުން ގިނަ ކޮމެންޓްތަކާއި ކިޔުންތެރިން ކިޔައިލަން ބޭނުންވާ ވާހަކަތަކުގެ ނަންތައް ހިއްސާކުރަމުން އަންނައިރު، ބިންމާ އިބްރާހިމް ބުނީ 915 ވާހަކައިގެ ނަމާއި ވާހަކަ ނުކުތް ތާރީޚްގެ ލިސްޓެއް ލާނެކަމަށާއި އޭގެ ތެރެއިން ކިޔައިލަން ބޭނުންވާ ވާހަކައިގެ ނަން އެ ލިސްޓުގެ ތިރީގައި ޖަހައިލުމަށެވެ. އެގޮތުން އެ ލިސްޓްވެސް މިހާރު ޕޭޖަށް ލާފައިވެއެވެ.
ބިންމާ އިބްރާހިމްގެ ވާހަކަތައް ޑައުންލޯޑްކޮށްލުމަށް މުނިއަވަސްގެ ކިޔުންތެރިންނަށް ފަސޭހައަކަށްޓަކައި ލިންކުތައް ހިމަނާލާނަމެވެ. ވާހަކައިގެ ކަވަރ ފޮޓޯއަށް ފިއްތައިލުމުން ޑައުންލޯޑް ލިންކަށް ވަދެވޭނެއެވެ.
ބިންމާ އިބްރާހިމްގެ ވާހަކަތަކުން ދެން އެންމެ އަވަހަށް ނެރޭނެ ދެ ވާހަކައިގެ މަޢުލޫމާތުވެސް މިއަދު ހިއްސާކޮށްފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2025ޚަބަރުސްރީ ލަންކާސް ގޮޓް ޓެލެންޓުގައި ރާއްޖޭގެ ރުބީން ފަނޑިޔާރުންގެ ޝައުޤުވެރިކަން ހޯދައިފި
- 29 ޑިސެމްބަރ 2025ޚަބަރުފަސްވަނަ ކަރްްނާޓަކާ ފިލްްމު ފެސްްޓިވަލް އިން ދިވެހި ދެ ފިލްމަކަށް ފަޚުރުވެރި އެވޯޑްތަކެއް
- 28 ޑިސެމްބަރ 2025ޚަބަރުރަށްރަށަށް ”އަލްވަދާޢު“ – ބެލުންތެރިން ބުނަނީ ވަރަށް ސަޅިއޭ!
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި








