”ކަލާ އުފައްދަވާފަ ވަނީ އަހަންނަށްޓަކައި ކަމުގައި ބައެއް ފަހަރު މަށަށް ހީވެއެވެ. މީގެ ކުރިން ކަލާ އުޅުނީ ތަރިތަކުގެ ތެރޭގައި ކޮންމެވެސް ހިސާބެއްގަ އެވެ. ކަލާ ބިމަށް ގެނައީ އަހަންނަށްޓަކައެވެ.“ މިއީ ޝާއިރާނާ ޚިޔާލުތަކެކެވެ. ބައިވެރިޔާ ދެކެ ލޯބިވާ މިންވަރު ބަޔާންކޮށްދިނުމަށް އަމުނާލެވިފައިވާ ފޮނިފޮނި ބަސްތަކެކެވެ.
ދިމާނަ ޔޫޓިއުބް ޗެނަލް އިން މިފަހަރު މި ގެނެސްދެނީ 1976 ވަނަ އަހަރު އުފައްދާ ރިލީޒް ކޮށްފައިވާ ވަރަށް ހިތްގައިމު ލޯބީގެ ފިލްމެއްގެ، ހަމަ އެހާމެ ހިތްގައިމު، އަސަރުން ފުރިގެންވާ ލޯބީގެ ލަވައެކެވެ. ޔާސް ޗޯޕްރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ބޮޑު ކާސްޓެއް އެކުލެވޭ ފިލްމެކެވެ. މި ފިލްމުގައި ހަރަކާތްތެރިވެފައިވަނީ އެދުވަސްވަރު އެއްމެ ފުންނާބު އުސް ތަރިންތަކެވެ. އެގޮތުން އަމީތާބް ބައްޗަން، ޝަޝީ ކަޕޫރް، ރިޝީ ކަޕޫރް، ރާކީ ގުލްޒާރް، ނީޓޫ ސިންހް، ވަހީދާ ރަޙްމާން، ސިމީ ގަރޭވާލް، ޕަރިކްޝިޓް ސަހްނީ، ނަސީމް ފާހަގަކޮށްލެވެ އެވެ.
މިފަހަރު މި ގެނެސްދެނީ މި ފިލްމުގެ ތީމް ލަވަ ’ކަބީ ކަބީ މެރެ ދިލް މެއިނ‘ އެވެ. މި ލަވައިގައި ހަރަކާތްތެރިވަނީ ރާކީ، ޝަޝީ އަދި އަމީތާބް އެވެ. ލަވަ ކިޔާފައި ވަނީ މުކޭޝް އާއި ލަތާ މަންގޭޝްކަރް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




