ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދޮގު ޚަބަރު ފަތުރާ ފަރާތްތައް ރިޕޯޓު ކުރުމަށް އެޗްޕީއޭއިން ގޮވައިލައިފި

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް19) އާ ގުޅިގެން އެއްވެސް ބާވަތެއްގެ ދޮގު ޚަބަރު ފަތުރާ ފަރާތްތައް ރިޕޯޓު ކުރުމަށް ހެލްތު ޕޮޓެކްޝަން އޭޖެންސީން ގޮވައިލައިފިއެވެ

އެޗްޕީއޭއިން ކުރި ޓުވިޓެއްގައި ހާމަކުރައްވައިފައިވަނީ ކޮވިޑް19 އާ ގުޅިގެން ތެދު މަޢުލޫމާތު އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަކީ މިފަދަ ދަނޑިވަޅެއްގައި ކުރެވޭނެ އެންމެ ބޭނުންތެރި އަދި މުހިއްމު ކަމެވެ. ނަމަވެސް މިއާ ޚިލާފަށް ދޮގު ޚަބަރު ފަތުރާ ފަރާތެއް ވާނަމަ އެ ފަރާތްތައް މި އިދާރާއަށް ރިޕޯޓު ކުރުމަށް ވެސް ވަނީ އެޗްޕީއޭއިން އެދި ވަޑައިގެން ފައެވެ.

މިކަމުގައި ޢަމަލު ކުރަންވީ ގޮތް ވެސް ވަރަށް ތަފްސީލުކޮށް އެ އިދާރާއިން ވަނީ ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ދޮގު ޚަބަރެއް ފެނިއްޖެނަމަ އެ ޚަބަރުގެ ސްކްރީން ޝޮޓު ނުވަތަ އެ ޚަބަރު ފަތުރާފައިވާ ފަރާތެއް ނުވަތަ އެ ފަރާތުގެ މަޢުލޫމާތު ނުވަތަ ލިންކު އެޗްޕީއޭއަށް ހިއްސާކުރުމަށް ވަނީ އެދިފައެވެ.

ކޮރޯނާ ވައިރަސް މިހާރު ރާއްޖެއިން ވެސް ފެނިފައި ވާއިރު މުޅިއެކު 19 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. ނަމަވެސް 13 މީހަކު ބަލިން ރަނގަޅުވެފައިވާއިރު އެޗްޕީއޭއާއި ސަރުކާރުން އަންނަނީ މި ރޯގާ ކޮންޓްރޯލް ކުރުމަށް ހުއްޓުމެއްނެތި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top