ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބީބީސީ ރޭޑިއޯއިން ފުރަތަމަ ފަހަަރަށް ބަންގިއާއި ދީނީ ޕްރޮގްރާމުތައް ގެނެސްދޭން ފަށައިފި

ލަންޑަން: އިނގިރޭސިވިލާތުގެ މުސްލިމުންނަށް ބީބިސީ މެދުވެރިކޮށް ފުރަތަމަ ފަހަރަށް ހުކުރު ނަމާދު އަޑުއަހައިލުމުގެ ފުރުޞަތު ފަހިކޮށްދީފިއެވެ.

ބީބީސީ ރޭޑިއޯގެ ދިގު ތާރީޚްގައި އަލަށް ފަށާފައިވާ މި ޕްރޮގްރާމުގެ ދަށުން ތަފާތު އިމާމުން، ފަތިހު 05:50ން ފެށިގެން ހަފުތާގެ ކޮންމެ ދުވަހަކު ބީބީސީގެ 14 ރޭޑިއޯ ޗެނަލުން ފަތިހުގެ ބަންގި ގެނެސްދިނުމުގެ ކުރިން ކީރިތި ޤުރުއާން ކިޔެވުމާއި ރަސޫލު صلى الله عليه وسلمގެ ޙަދީޘްތައް ގެނެސްދޭނެއެވެ.

“ލޯކަލް ރޭޑިއޯއަކީ މުޖުތަމަޢުތައް ގުޅުވައިދޭ ވަޞީލަތެއް. އަހަރެމެން އުއްމީދުކުރަން މި ޕްރޮގްރާމުގެ ސަބަބުން އެކަހެރިކޮށްލެވިފައިވާކަމުގެ އިހްސާސް ކުރެވެމުންދާ މުސްލިމުންގެ މެދުގައި އިޖްތިމާޢީ ރޫޙް އާލާވާނެކަމަށް،” ބީބީސީ ލޯކަލް ރޭޑިއޯގެ ވެރިޔާ ކްރިސް ބާރންސް ވިދާޅުވިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިިޔަވަޅުތަކުގެ ދަށުން އިނގިރޭސިވިލާތުގައިވެސް މިސްކިތްތަކާއި އަޅުކަންކުރާ އެހެނިހެން ތަންތަން ވަނީ ބަންދުކޮށްފައެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން މުސްލިމުންނަށް މިސްކިތްތަކަށް ނުދެވި ހޭދަވާހާ މުއްދަތެއްގައި ހުކުރު ނަމާދުގެ އަޑު ވަގުތުން ގެނެސްދިނުމަށް ބީބީސީން ވަނީ ނިންމާފައެވެ. އެގޮތުން މި ޕްރޮގްރާމު ފެށީ މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދުންނެވެ. ބީބީސީން ބުނީ އެހެނިހެން ދީންތަކުގެ ޕްރޮގްރާމުތައް ވެސް ގެނެސްދޭން ރާވާފައިވާކަމަށެވެ.

މިދިޔަ އާދީއްތަ ދުވަހު ޓީވީ މެދުވެރިކޮށް އިނގިރޭސި ރައްޔިތުންނާއި މުޚާޠަބުކުރައްވައި އިނގިރޭސި ރާނީ އެލިޒަބަތު ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ގަދައަޅައި މަސައްކަތްކޮށްދިނުމަށް ހުރިހައި ދީންތަކެއް ޤަބޫލުކުރާ މީހުންގެ ކިބައިން އެދިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top