ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާޒިޔާ ބަޓްގެ ނާވިލުތައް

އަށްޑިހައިގެ އަހަރުތަކާއި ނުވަދިހައިގެ އަހަރުތަކުގައި ދިވެހީންގެ ތެރޭގައި އެންމެ ބޮޑު މަޤުބޫލުކަމެއް ލިބިގެން ދިޔައީ މަރުޙޫމާ ޝަމީމާ ޔަހްޔާގެ ވާހަކަތަކަށެވެ. ވަކިން ޚާއްޞަކޮށް ޕާކިސްތާނުގެ މަޝްހޫރު ވާހަކަލިޔުންތެރިޔާ ރާޒިޔާ ބަޓް ލިޔުއްވި ވާހަކަތަކުން ޝަމީމާ ޔަހްޔާ ދިވެހި ބަހަށް ތަރުޖަމާކުރެއްވި ވާހަކަތަކެވެ. މިގޮތުން ޝަމީމާ ވަނީ ސަތޭކައަށް ވުރެ ގިނަ ލޯބީގެ ވާހަކަ ދިވެހި ބަހަށް ތަރުޖަމާ ކުުރައްވައި އަމިއްލަފުޅަށް ވެސް ވާހަކަތައް ލިޔުއްވާފައެވެ. “ގުރުބާނީ” އާއި “ޒަޚަމް” އަދި “ފަހަރި” އަކީ ޝަމީމާ ތަރުޖަމާ ކުރެއްވި ވާހަކަތަކުން ބޮޑު މަޤުބޫލުކަމެއް ލިބިގެން ދިޔަ ތިން ވާހަކައެވެ.

މި ލިޔުމުގައި މި އަލިއަޅުވައިލާނީ ރާޒިޔާ ބަޓް ލިޔުއްވާފައިވާ އުރުދޫ ނާވިލްތަކުގެ ލިސްޓަކަށެވެ.

ރާޒިޔާ ބަޓް މިއީ ޕާކިސްތާނުގެ ވަރަށް މަޝްހޫރު، ލިޔުއްވުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި، ލިޔުންތެރިކަމަށް ދޮށީ ލިޔުންތެރިއެކެވެ. އޭނާ ލިޔުއްވާފައިވާ ނާވިލްތައް ބިނާކުރެއްވީ މުޖުތަމަޢުގައި ހުރި މައްސަލަތަކަށެވެ. ޢާއިލީ ގުޅުމާއި ޒަވާޖީ ޙަޔާތުގައި ކުރިމަތިވާ މައްސަލަތަކަށެވެ. އެގޮތުން އިޖްތިމާޢީ އަދި ލޯބީގެ މަޢުޟޫތަކަށް އެތަކެއް ނާވިލެއް އޭނާ ލިޔުއްވިއެވެ. އޭނާގެ އެންމެ ޚާއްޞަ ކަމަކީ، އޭނާ ލިޔުއްވާ ނާވިލެއް އެއް ފަހަރު ކިޔުމަށްފަހުވެސް، އެތަކެއް ފަހަރު އެ ނާވިލް ކިޔާހިތްވާހާ މޮޅަށް، ބަލާޣާތްތެރިކޮށް ލިޔުއްވުމެވެ. އެކަމަށް، ދިވެހިބަހަށް ތަރުޖަމާ ކޮށްފައިވާ “ޒަޚަމް” ވާހަކަ ކިޔި ނުވަތަ އަޑު އެހި ކޮންމެ ދިވެއްސެއްވެސް ހެކިވާނެއެވެ.

ތިރީގައި މި ގެނެސްދެނީ ރާޒިޔާ ބަޓް ލިޔުއްވި ނާވިލްތަކުގެ ލިސްޓެކެވެ. އުރުދޫ ވާހަކައިގެ ލިންކުވެސް ހިމެނޭ ގޮތަށެވެ. ނާވިލުގެ ނަމަށް ދެފަހަރު ފިއްތައިލުމުން އުުރުދޫ ވާހަކައިގެ ލިންކަށް ވަދެވޭނެއެވެ.

  1. އިންތަޒާރު
  2. އާގް
  3. ލަގްޒިޝް
  4. ޤުރުބާން
  5. އޭކް ލަޑްކީ
  6. ބިސްމާ
  7. ރާބީ
  8. މެހްރޫ
  9. ފާސްލޭ
  10. ފާސެހާ
  11. ރަފްޣަތޭނ
  12. އައްމާ
  13. ބިޗްޅޭ
  14. މުސައްރަތޯން
  15. ބާނޫ
  16. އާދީ ކަހާނީ
  17. ވެހްޝީ
  18. ނާޖިއާ
  19. ނޫރީނާ
  20. ސަބީން
  21. ކޭސޭ
  22. ރީތާ
  23. ސަވާނޭ
  24. ޒިންދްގީ
  25. އާއިނާ
  26. ސާއިޤާ (ޒަޚަމް ވާހަކަ)
  27. އަނީލާ
  28. ޑާރލިންގ
  29. ޗާހަތު
  30. އާޝީ
  31. ނަސޫރް
  32. މެއިނ ކޯން ހޫނ
  33. ބީނާ
މިވެސް ކިޔާލަން:  ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް - ސީޒަން 1، މުނިއަވަސް އިން ބާާއްވަނީ
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
ސާނީ6 އަހަރު ކުރިން

ލޯވީގެ ނީލަން އެވާހަކަ ނެތްތަަ

Home
Menu
Search
Back to top