ދީނީ ސުވާލެއް އޮތީތަ؟
މަޢުލޫމާތު
ބަލިވެއިނދެ ވިހެއުމާއި ހަމައަށް – ހަތަރު މިނެޓްގެ ވީޑިއޯ އަކުން

އެއްމެ ހަތަރު މިނެޓްގެ މި ވީޑިއޯ އިން ފެނިގެންދަނީ ފިރިހެން ހަށިން ދަރިފަނި ބޭރުވާ ހިސާބުން ފެށިގެން އެ ދަރިފަނިތައް އަންހެނާގެ ރަހިމުގެ ތެރެއިން ދަތުރުކޮށް ބިހާއި ގުޅިގެން ތުއްތު ކުއްޖެއް އުފެދި، މި ދުނިޔެއަށް އުފަންވުމާއި ހަމައަށެވެ. ގަރުބަގަތީއްސުރެން ވިހެއުމާއި ހަމައަށެވެ.

ކޮންމެ މީހަކުވެސް ބަލައިލަން ޝައުޤުވެރިވާނެ، މި ތްރީ-ޑީ ވިޝުއަލައިޒޭޝަން ވީޑިއޯ އިން ފެނިގެންދާ މަންޒަރުތަކަކީ މީގެ ވިއްސަކަށް އަހަރު ކުރިން އަހަރެމެން އިންސާނުންނަށް ފެންނާނެ ގޮތެއް ވާނެބާއޭ ހިތަށް އެރި މަންޒަރުތަކެކެވެ. އެހެނީ އެދުވަސްވަރަކީ ރަހިމުގެ ތެރޭގައިވާ ތުއްތު ކުއްޖާ، ސްކޭން ކޮށްގެން (އަލްޓްރާ ސައުންޑް އިމޭޖް ޓެކްނޮލޮޖީ ބޭނުންކޮށްގެން) ބެލޭ ދުވަސްވަރެއް ނޫނެވެ.

މި ވީޑިއޯ ބަލައިލުމުން މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ކުޅަދުންވަންތަ ކަމާއިމެދު ވިސްނާ ފިކުރުކުރާ ބަޔަކަށް ރަނގަޅު ޢިބްރަކަތަށް ވާނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top