ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާލެ އިން 9 ވަނަ މީހަކު ކޮވިޑް 19 އަށް ފައްސިވެއްޖެ

މާލެއިން 9 ވަނަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މާލެއިން ކޮވިޑް-19 އަށް ފައްސިވި (ރާއްޖެއިން ފައްސިވި 27 ވަނަ މީހާ) އާއި ސީދާގޮތުން ބައްދަލުވި ފަރާތެއްގެ ސާމްޕަލްގެ ނަތީޖާ ލިބުނުއިރު، އޭނާ ވެސް އެ ބައްޔަށް ފައްސިވެފައިވާ ކަމުގައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެމީހާ މިހާރު އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކޮވިޑް-19 އަށް މާލެއިން 9 މީހުން ފައްސިވެފައި ވާއިރު، މި ބަލި ޖެހުނު ދިވެހިންގެ އަދަދު މިވަނީ 14 އަށް އަރާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top