މާލެއިން 12 ވަނަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މާލެއިން ކޮވިޑް-19 އަށް ފައްސިވި (ރާއްޖެއިން ފައްސިވި 30 ވަނަ މީހާ) އާއި ސީދާގޮތުން ބައްދަލުވި ފަރާތެއްގެ ކިބައިން ބަލީގެ ޢަލާމާތްތައް ފެނިގެން ހެދި ޓެސްޓުގެ ނަތީޖާ ލިބުނުއިރު، އޭނާ ވެސް އެ ބައްޔަށް ފައްސިވެފައިވާ ކަމުގައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެމީހާ އަކީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށާއި، މިހާރު އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކޮވިޑް-19 އަށް މާލެއިން 12 މީހުން ފައްސިވެފައި ވާއިރު، މިއީ ރާއްޖެއިން މި ބައްޔަށް ފައްސިވި 32 ވަނަ މީހާ އެވެ.
ކިޔުންތެރިންގެ ޚިޔާލު
