ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ 105 ގައިދީ އަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދަބު ލުއިކޮށްދެއްވައިފިއެވެ.
މިކާމާއި ގުޅިގެން ހޯމް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ވާގޮތުން އަދަބު ލުއިކޮށްދިނުމުގައި ބަލާފައިވަނީ ކަރެކްޝަންސް އިން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ އެ ޕްރޮގްރާމްތައް ފުުުުުރިހަމަކޮށްފައިވާ ފަރާތްތަކަށާާާާއިި، އަދަބު ލުއިކޮށްްްދޭ މީހުން ދިރިއުޅެން ހުރި ތަންތަނުގެ ހާލަތަށާއި، އެފަރާތްތަކުގެ ސަބަބުން މުޖުތަމަޢު އަށް ނުރައްކާ އޮތް މިންވަރަށާއި، އަދި އެ ފަރާތްތަކުން ކޮށްފައިވާ ކުށުގެ ބާވަތަށާއިި، ވަށައިގެންވާ އެހެނިހެން ކަންކަމަށް ކަމުުގައެވެ.
މިއީ ކޮވިޑް-19 ގެ ބިރު ބޮޑުވެފައިވާ މިފަދަ ދަނޑިވަޅެއްގައި ޖަލުތަކުގައި ބަންދުކޮށްފައި ތިބި ގައިދީންނާއި، އެމީހުންނާއި ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކުރެއްވި ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ހޯމް މިނިސްޓްރީ އިތުރަށް ބުނެފައިވަނީ މި ނިންމުން ނިންމުމުގައި ކަމާއި ގުޅުންހުރި ބައިނަލްއަގުވާމީ އަދި ގައުމީ ފެންވަރުގެ ފަންނީ މާހިރުންގެ ލަފަޔަށް ވެސް ބަލާފައިވާނެއެވެ. ގައިދީންނާއި ބަންދު މީހުން ހިމެނޭހެން، ޖަލުތަކާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޖަލުތަކުގެ އާބާދީ މަދުކޮށް ތޮއްޖެހުން ކުޑަކުރުމުގެ މުހިންމުކަން އެބޭފުޅުންްްް ވެސް ފާާާހަަަގަކުރައްވާފައިިިވާާ ކަމަށް އެ ބަޔާނުގައި ބުުނެފައިވެއެވެ.
