މާލެއިން 16 ވަނަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވާގޮތުން، ކޮވިޑް-19 އަށް ފައްސިވި މި ބަންގްލަދޭޝްގެ މީހާ ފައްސިވިކަން ޔަގީންވެފައިވަނީ އޭނާގެ ކިބައިން ބަލީގެ ޢަލާމާތްތައް ފެނިގެން ފުލޫ ކްލިނަކަށް ގޮސް ހެދި ޓެސްޓުތަކުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އެމީހާ މިހާރު އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކޮވިޑް-19 އަށް މާލެއިން 16 މީހުން މިހާތަނަށް ފައްސިވެފައި ވާއިރު، އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 14 މީހަކާއި، ބަންގްލަދޭޝްގެ 2 މީހެކެވެ. އަދި، މި މީހާ އާއި އެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިވަނީ 36 އަށް އަރާފައެވެ.
ކިޔުންތެރިންގެ ޚިޔާލު
