މާލެއިން އިތުރު 13 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި ޓްވީޓެއްގައި ބުނެފައިވާގޮތުން، ކޭސް 27 އާއި ގުޅިފައިވާ ބަންގްލަދޭޝްގެ 13 މީހެއް ފައްސިވެފައިވާ ކަމަށާއި، އެމީހުން މިހާރު އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކޮވިޑް-19 އަށް މާލެއިން 29 މީހުން މިހާތަނަށް ފައްސިވެފައި ވާއިރު، އޭގެތެރޭގައި ހިމެނެނީ ރާއްޖޭގެ 14 މީހަކާއި، ބަންގްލަދޭޝްގެ 15 މީހެކެވެ. އަދި، މި މީހާ އާއި އެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިވަނީ 49 އަކަށް އަރާފައެވެ.
ކިޔުންތެރިންގެ ޚިޔާލު
