ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އުލިގަމުން މީހަކު ކޮވިޑް 19 އަށް ފައްސިވެއްޖެ

ހއ. އުލިގަމުން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އުލިގަމުން ކޮވިޑް-19 އަށް ޝައްކުކުރެވޭ ދިވެއްސެއްގެ ކިބައިން އަލާމާތްތަކެއް ފެނިގެން ނެގި ސާމްޕަލްގެ ނަތީޖާ ލިބުނުއިރު، އެމީހާ އެ ބައްޔަށް ފައްސިވެފައިވާކަމަށެވެ. އަދި އެ މީހާ އައިސޮލޭޝަން ފެސިލިޓީ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މިއާއެކު، މުޅި ރާއްޖެ އިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 53 އަށް އަރައިފައެވެ. ދިވެހިރާއްޖެގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ އެޗްޕީއޭ އިން އަންނަނީ “ކޮންޓްރެކްޓް ޓްރޭސިންގ” މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top